English Edition
Dhivehi Edition

1443 ވަނަ މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ޖަލްސާ އޮންނާނީ 20:30 ގައި ކަމަށެވެ. އަދި މި ޖަލްސާ އޮންނާނި އިސްލާމީ މަރުކަޒުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ އަހަރަކު ވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމުގައި ރޯދައަށް ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ވެސް އަންނަނީ ބަލަމުންނެވެ.

ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލުތަކާއި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރެވޭނެއެވެ.

މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ މި ފެށުނު އޭޕްރިލް 2 ވާ ހޮނިހިރު ދުވަހެވެ.

އެހެން އަހަރަކުތަކެކޭވެސް އެއްގޮތަށް ހަނދު ސާބިތުކުރުމަށް މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގައެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެއެވެ. އަދި ހަނދު ފެނި ހެކިބަސް އަދާކުރަން ދާ މީހާގެ ޚަރަދުތައް ހަމަޖައްސަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.