English Edition
Dhivehi Edition

ނޯޓް ކޮސްމެޓިކްސްގެ އިންޓަރނޭޝަނަލް ދެވަނަ މޮނޯ ސްޓޯރު އެސްޓީއޯ ސްޕަރމާޓުގައި ހުޅުވައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް (ސުޕަރމާޓު) ގައި ބޭއްވި ހަފުލާއެއްގައި މި ސްޓޯރު ހުޅުވައިދެއްވީ، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު އާއި އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އާމިނަތު ރުޝްމާއެވެ.

ނޯޓް ކޮސްމެޓިކްސްއިން ރާއްޖޭގައި ގާއިމްކުރި އެ ކުންފުނީގެ ދެވަނަ މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުގަނޑި ނޯޓު ކޮސްމެޓިކްސްގެ ފަރާތުން އެސްޓީއޯ އާ ހަވާލުކުރުން ވެސް މި ހަފުލާގައި ވަނީ ބާއްވާފައެވެ. މި ތަޅުދަނޑި ނޯޓް ކޮސްމެޓިކްސްގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ރީޖަނަލް ޑިރެކްޓަރު ސިހާން އެވެ. އެސްޓީއޯގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ އެމްޑީ އަމްރުއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، ނިއު އެޑިޝަންގެ ޗީފް މާކެޓިންގ އޮފިސަރު އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ އެސްޓީއޯ ސުޕަރމާކެޓުގައި ނޯޓްގެ މޮނޯ ސްޓޯރެއް ހުޅުވުމަކީ އެ ކުންފުނީގެ ހުވަފެނެއް ކަމަށާއި އެ ހުވަފެނެއް ހަގީގަތަކަށްވުމުން އުފާކުރާ ކަމަށެވެ.

“ނޯޓް ކޮސްމެޓިކްސްގެ ތަކެތި ތައްޔާރުކުރަނީ ދިވެހިންގެ ހަންގަނޑާ ގުޅޭ ގޮތަށް. އެއީ ދިވެހިންގެ ހަންގަނޑަކީ ވަރަށް ނާޒުކު ހަންގަނޑެއް. ނޯޓް ކޮސްމެޓިކްސް އަކީ 100 ޕަސެންޓު ހަލާލު ބްރޭންޑެއް.” އަޒްމީ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވުނު ހަލާލު ކޮސްޓިއުމް ބްރޭންޑަކީ ނޯޓްކަން ފާހަގަ އަޒްމީ ވިދާޅުވީ ނޯޓް ބްރޭންޑްގެ ހުރިހާ ތަކެއްޗެއް ވެސް އުފައްދަނީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.