English Edition
Dhivehi Edition
ހުޅުމާލޭގެ މާރުކޭޓެއް - ފޮޓޯ: އޭއޯ ނިއުސް

ހުޅުމާލޭ ރަށު މާރުކޭޓުގެ 12 ގޮޅި ކުއްޔަށް ދޫކުރަން އިޢުލާންކޮށްފިއެވެ.

އެޗްޑީސީން ބުނީ ރަށު މާރުކޭޓުން ގޮޅިއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން 11:00 އަށް އޮންނާނެ ކަމަށާއި ފޯމު ބަލައިގަތުން އޮންނާނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލު ހޯލުގައެވެ.

އެ ކުންފުނިން ބުނީ ގުރު ނެގުން އޮންނާނީ ވެސް މާދަމާ ކަމަށާއި ގުރު ނަގާނީ ވެސް ރެހެންދި ސްކޫލު ހޯލުގައި ކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ ހެނދުނު 11:30 ގައި ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.