English Edition
Dhivehi Edition

ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތުގެ ފިރިހެން ބައިގެ ފައިނަލަށް ފިޔޯރީ ދަތުރުކޮށްފިއެވެ.

އެ ޓީމުން ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު، ތިން ސެޓު އެއް ސެޓުން ފަރެސްމާތޮޑާ ބަލިކޮށްފައެވެ.

ދެރަށުގެ ސަޕޯޓަރުންގެ ގަދަ އަޑާއެކު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ފިޔޯރީން ކާމިޔާބު ކުރީ ރާއްޖޭގެ ގައުމީ ވޮލީ ޓީމުެގ ބައެއް ކުޅުންތެރިންގެ ވެސް މަސައްކަތުން 32-34 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ފަރެސްމާތޮޑާއިން ވަނީ މޮޅަށް ކުޅެ ސެޓް ކާމިޔާބު ކޮށްފައެވެ. އަދި ތިންވަނަ ސެޓް ކާމިޔާބު ކޮށްގެން މެޗުގެ އޮއިވަރު ފިޔޯރީ ކޮޅަށް އެރަށުން އަނބުރާލި އިރު، ހަތަރުވަނަ ސެޓުގައި 25-20 އިން ކުރި ހޯދައި ފިޔޯރީން މެޗް ކާމިޔާބު ކުރިއެވެ.

ސައްތައިން ސައްތަ ރެކޯޑަކާއެކު ފިޔޯރީއަށް ފައިނަލުން ފުރުސަތު ލިބުނު އިރު، މިމެޗުން ބަލިވި ފަރެސްމާތޮޑާއަށް ފައިނަލުން ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު އަދިވެސް އެބައޮތެވެ.