English Edition
Dhivehi Edition

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ އިނާމު ގއ އަތޮޅު 3 ބޭފުޅަކަށް ލިބިއްޖެއެވެ

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމް ހާސިލްކުރެއްވި ދެ ބޭފުޅުންނަކީ، ގއ.ކޮލަމާފުށީ ކަންމަތީގެ، އެސިސްޓެންޓް ސްޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އަލްފާޟިލް މުހައްމަދު ހުސައިންް، ގއ. ކަނޑުހުޅުދޫ ފިނިހިޔާ މުޙައްމަދު ޒާހިރުއާއި އަދި ގއ. ވިލިނގިލި އަނބުހަރީގެ އަލްފާޟިލް އަބްދުﷲ ޖިހާދު ވެސް އިނާމް ހާސިލްކުރައްވާފައެވެ. މުހައްމަދު ހުސައިން ވަނީ ދިވެހި ދައުލަތަށް 37 އަހަރު ހިދުމަތްކުރައްވާފައެވެ. އަދި މުހައްމަދު ޒާހިރު ވަނީ 38 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފަ މީގެ އިތުރުން އަބްދުﷲ ޖިހާދުވަނީ 38 އަހަރު ދަޢުލަތަށް ޚިދުމަތްކޮށްދީފައެވެ. .

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.