English Edition
Dhivehi Edition

ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސާ އަކީ ހަލީމާ ޔައުޤޫބް ކަމަށް ރަސްމީގޮތުން އިއުލާން ކޮއްފިއެވެ. މި މަޤާމު އެނާ އަށް ލިބިފައިވަނީ އެއްވެސް ވޯޓުލުމަކާ ނުލައެވެ.
ސިންގަޕޫރުގެ ރައީސްގެ މަގާމަކީ ވަރަށް ގިނަ ޝަރުތުތަށް އެކުލެވޭ މަޤާމެކެވެ. އެ މަޤާމަށް ކޮންމެ މީހަކަށް ކުރިމަތި ނުލެވެއެވެ. ހަލީމާގެ އިތުރުން މި މަޤާމަތް އިތުރު 2 މީހުން ކުރިމަތިލިއެވެ. މި ފަހަރު ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އޮތީވެސް ހަމައެކަނި މެލޭޝިއާ ދަރިކޮޅަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ހަލީމާއަށް މި މަޤާމު ލިބިފައިވަނީ އެހެނިހެން ޝަރުތު ތަކުން ދެން ކުރިމަތިލީ މީހުން ޝަރުތު ހަމަ ނުވުމުންނެވެ. އަދި އެ މަޤާމަށް ޝަރުތު ހަމަވީ ހަމަ އެކަނި އޭނާ ކަމަށް ވުމުން އެނާ އަށް މަޤާމު ލިބިފައިވާކަން ރަސްމީކޮށް މިއަދު ވަނީ އިއުލާން ކޮއްފައެވެ.
ހަލީމާ އަކީ ސިންގަޕޫރުގެ ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކަނބަލެކެވެ. އެނާ އަކީ ސިންގަޕޫރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސް ކުރިން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އެނާ މަޤާމަށް ހޮވުނު ކަން އިއުލާން ކުރުމާއެކު އެނާ ރައްޔިތުންނަށް މުޙާތަބު ކުރައްވާ ވިދާޅުވެފައިވަނީ އެނާ އަކީ ހުރިހާ އެންމެންގެ ވެސް ރާއީސާ ކަމަށެވެ. އަދި އެނާ ވަކި މީހަކަށް ވަކި ކުލައަކަށް ވަކި ދީނަކަށް ވަކި ޖަމާއަތަކަށް ވަކި ގޮތަކަށް އަމަލު ނުކުރައްވާނެކަމަށެވެ. އެނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އޭނާ ވެރިކަމަށް އިސް ކުރެވުނީ އިންތިހާބަކާ ނުލާ ނަމަވެސް، އެންމެނަށް ހިދުމަތް ކުރުމުގައި ދެންމި ހުންނާނެ ކަމަށެވެ.
ސިންގްޕޫރުގެ ވެރިކަމަށް ދެން ކުރިމަތިލީ ދެމީހުން ޝަރުތު ހަމަ ނުވީ، ސިންގަޕޫރު ގާނޫނު ބުނާ ގޮތުން ސިޔާސީ ދާއިރާ މީހެއް ނޫންނަމަ، މަދުވެގެން 372 މިލިއަން ޑޮލަރުގެ ހިއްސާ އޮންނަ ކުންފުންޏެއް ހިންގާފަ ނުވަތަ ވެރިއެއްގެ މަގާމު އަދާ ކޮއްފައި ވުން ޝަރުތަކަށް ވުމުންނެވެ.
ސިންގަޕޫރުގެ ރައީސްގެ މަގާމަކީ މާ ގިނަ ބާރުތައް އެކުލެވިގެންވާ މަޤާމެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ އިސްފަރާތެއްގެ މަޤާމުގައި ހުރެވޭނީ ރައީސްގެ ތާއީދު ލިބިގެންނެވެ. އިންތިހާބަކާ ނުލާ 63 އަހަރުގެ ހަލީމާއަށް ވެރިކަން ލިބިމުން ބައެއް މީހުން އެކަމާ މެދު ޝަކުވާވެސް އެބަ ކުރެއެވެ. އަދި ވަކި ނަސްލެއްގެ ބަޔަކަށް މިފަަހަރު ވެރިކަމަށް ކުރިމަތި ލެވޭ ގޮތަށް އޮތުމުން އެކަމާ ވެސް ބައެއް މީހުންވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮއްފައެވެ. ނަމަވެސް ސިންގަޕޫރު އިންތިޙާބީ އިދާރާއިން ބުނެފައިވަނީ އެއީ މީގެ ކުރިން މެލޭޝިއާ ދަރިކޮޅުގެ ރައީސަކު ސިންގަޕޫރުގައި ވެރިކަމަށް އައިސްފައި ނެތުމުން ހަމަހަމަ ކަން ޤާއިމް ކުރުމަށެވެ.