English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ބޮޑުމަގުގައި ( އެޅެދީދީމަގުގައި) ދާދި ދެންމެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ބޮޑުމަގުގައި ހުންނަ “ވެންދިތާ” ފިހާރަ ކުރިމަތިން 2 ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ މީހާ މިހާރުވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވާފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަަމަށާއި އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ދެވަނަ ސައިކަލް ދުއްވާފައި ދިޔައީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

މި އެކްސިޑެންޓްގައި 2 ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.