Dhuvasvee anhenaku Rape kuran ulhunu firihenegge dhulugai dhai alhai buri kohllaifi - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

އިންޑިއާގެ ޖަލްޕައިގުރި ގައި އުމުރުން 65 އަހަަރުގެ އަންހެނަކު ރޭޕްކުރަން މަސައްކަތް ކުރި ޒުވާނެއްގެ ދުލުގައި އެ އަންހެން މީހާ ދަތްއަޅައި ބުރިކޮށްލައިފިއެވެ.

އިންޑިއާ ފުލުހުން ބުނީ މިދިޔަ އާދީއްތަދުވަހު ރޭގަނޑު 8:30 ހާއިރު ރޮކީ މުހައްމަދު އަދި ޗޯއްޓީ މުހައްމަދު ނަމަކަށް ކިޔާ ދެ ޒުވާނަކު އެކަނިއުޅޭ އެ އަންހެންމީހާގެ ގެއަށްވަދެ ޗޯއްޓީ މުހައްމަދު އޭނަ ހިފަހައްޓައި ރޮކީ އޭނަ ރޭޕްކުރަން މަސައްކަތް ކުރިކަމަށެވެ. އަދި އެ އަންހެންމީހާ ހަޅޭއްލަވަން ފެށުމުން ރޮކީ އެކަންހުއްޓުވަން އުޅުމުން އޭނަގެ ދުލުގައި ބާރަށް ދަތްއެޅުމުން ދޫ ބުރިިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެވަގުތު ތަދަށް ކެތްނުކުރެވިގެން މިދެމީހުން ފިލީކަމަށެވެ. އަދި އެއަންހެން މީހާ މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުން އެ ދެމީހުން ހޯދައި ރޮކީ ހޮސްޕިޓަލަށްގެންގޮސް ފަރުވާދޭންފެށިކަމަށެވެ. ފުލުހުން ބުނީ ޑޮކްޓަރުން ރޮކީގެ ދޫފެހިނަމަވެސް މާލަސްވެ ދުލުގެ ބޮޑުބައެއްގެ ހަރަކާތް ހުއްޓުމުން އޭނަވަނީ ނޯތްބެންގާލް މެޑިކަލް ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ފަރުވާ ދޭންފަށާފައިކަމަށެވެ.

ފުލުހުންބުނީ ރޮކީއަށް މިވަގުތު ފަރުވާދެމުންގެންދާތީ އޭނަ އަދި ހައްޔަރުނުކުރާކަމަށެވެ. ނަމަވެސް ޗޯޓީ މުހައްމަދު މިހާރުވަނީ ފުލުހަށް ހާޒިރުކޮށް ބަޔާންނަގައި މައްސަލަ ބަލަންފަށާފައިކަމަށެވެ.

އިންޑިއާއަކީ ރޭޕާއި މީހުން މެރުމުގެ ބޮޑެތި ރެކޯޑްތައް އޮންނަ ގައުމެކެވެ.