English Edition
Dhivehi Edition

ޖުމްހޫރީ މައިދާނުގައި އޮތް ގޮތް ނޭނގޭ ފޮށީގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޖުމްހޫރީ މައިދާނުން ފެނިފައި ވަނީ ރަތް ކުލައިގެ ގޮތް ނޭނގޭ ފޮއްޓެއް ކަމަށެވެ. އެ ފޮށި އޮތީ އެތަނުގައި ހުރި ޑަސްބިނެއް ކައިރީގައި އެވެ.އެ ސަރަހައްދު ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށް މިފަދަ ތަކެތި ބަލާ ފާސްކުރުމަށް ސިފައިން ހަރަކާތްތެރިވީ ސަލާމަތީގޮތުން ސިފައިން ބޭނުންކުރާ ގެއާރ ބޭނުންކޮށްގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ސިފައިން ވިދާޅުވެ އެވެ.

މި ފޮށި ސިފައިންގެ އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން ގޮސް ބަލާ ފާސްކުރި އިރު ފޮށި ތެރޭގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށް ސިފައިން ވިދާޅުވެ އެވެ.