English Edition
Dhivehi Edition

ބަވަނަ ވެފައިވީ މި ދުނިޔޭގައި ކަންކަމާ ކުރިމަތިލާން ޖެހޭނީ މިއަދުގެ ވިސްނުމާއި ފިކުރުގެ ތެރެއިން ކަމަށް ރާއްޖޭގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުލްﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިރޭ ދަރުބާރުގޭގައި ކުރިޔަށްދާ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ދީނަށް ފުރައްސާރަކޮށް ހައްދުފަހަނަ އަޅައިދިޔުމާއި ދީނުގެ ނަމުގައި ހަރުކަށިވެ ހައްދުފަނައަޅައިދިޔުމަކީ ރާއްޖޭގައި ޤައުމިއްޔަތު ދިރުވަން ހުރި ހުރަހެއް ކަމަށެވެ.

އަދި މިކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅު އިސްކުރައްވާ ގޮތްކޮޅަކީ މިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި މުހިންމުވެގެންވާ ސިފަތަކެއް ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ލިބުނެވެ.