English Edition
Dhivehi Edition

އެމޭޒަން ޖަންގަލީގައި އަލިފާން ރޯވަމުން ދާތާ ދެ ހަފްތާ ވެފައިވާއިރު އަދިވެސް އަލިފާންގަނޑު ދަނީ ކޮންޓްރޯލް ނުވެ ފެތުރެމުންނެވެ. އެމޭޒަން ޖަންގައްޔަކީ އިންސާނުންގެ ދިރިތިބުމާ ގުޅިފައިވާ ތަނެކެވެ. އިންސާނުން ދިރިތިބުމަށް ބޭނުންވާ އޮކްސިޖަން އުފައްދަނީ ގަސްތަކުން ކަމަށް ވީއިރު ގަސްގަހާ ގެހިން އުފައްދާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދަނީ މި ޖަންގަލިންނެވެ.

އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ޖަނަވާރު ތައް މަރުވެފައި

އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ، ޖަނަވާރު ތަކުގެ ދިރުމަށްއޮތް ހުރަހެއް

އެމޭޒަން ޖަންގަލީގައި އިންސާނުންގެ ދަރިކޮޅުގެ 400 އަށްވުރެ ގިނަ ދަރިކޮޅުގެ މީހުން އެކިހިސާބުތަކުގައި ދިރިއުޅޭއިރު ދުނިޔޭގައި އުޅޭ ޖަނަވާރު ތަކުގެ 10 އިންސައްތަ ވެސް އުޅެނީ މި ބިޔަ ޖަންގަލީގައެވެ. އަދި 40,000 އަށްވުރެ ގިނަ ގަސްގަހާގެހީގެ ވައްތަރުތައް މި ޖަންގަލީގައި އުޅެއެވެ. އަދި ކެއުމަށް ބޭނުންކުރާ 3000 ތަރުކާރީ އާއި މޭވާ މި ޖަންގަލިން އުފައްދަ އެވެ.

ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވާތާ 16 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު މިއީ ތާރީޚުގައި ވެސް އެމޭޒަންގެ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ދިޔަ ފުރަތަަމަ ފަހަރެވެ. އެމޭޒަންގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ދުންތައް ޖައްވީ ސެޓެލައިޓް ފޮޓޯ ތަކުން ވެސް ފެނެއެވެ.