English Edition
Dhivehi Edition

މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށުނު ހެނދުނު ނާސްތާ ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަށް ނާސްތާ ދޭން ފެށުނު އިރު ބައެއް ސްކޫލް ތަކުން އެކަމަށް ތައްޔާރުވެފައި ނުވެއެވެ.

މިއަދު ފެށުނު ހެނދުނު ނާސްތާ ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިބަޔަކަށް ނާސްތާ އެރުވުނު އިރު އެކުދިން ކާއެއްޗެހި ބިންމަތީގައި ބަހައްޓައިގެން ކާންތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވަނީ ޢާއްމުވެފައެވެ.

ތުއްތު ކުދިން ތަކެއް ބިންމަތީގައި ޓިޝޫއެއް ކަހަލަ ކަރުުދާސް ކޮޅެއްގެ މަތީގައި ސޭންޑްވިޗް ބަހައްޓައި ކަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސްމިޑިއާގައި ވަނީ ދައުރުވާން ފެށުމާއި އެކު ގިނަ ބެލެނިވެރިންތަކެއް ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މިފޮޓޯ އަކީ އަބޫބަކުރު ސްކޫލްގެ ދަރިވަރުން ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

ސްކޫލް ކުދިންގެ ނާސްތާގެ ވާހަކަ ފެށުނު ހިސާބުންވެސް ބެލެނިވެރިންގެ އެއްމެ ބޮޑަށް ސުވާލު އުފެއްދީ، ކުދިންނަށް ފޯރުކޮށްދެވޭ ނާސްތާގެ ސާފްޠާހިރުކަމާއި،ފެންވަރާއި، އަދި އެތަކެތި ކުދިންނަށް ފޯރުކޮށްދެވޭނެ ގޮތާއި ބެހޭ ގޮތުންނެވެ.

ނަމަވެސް ސްކޫލްތަކުން ތަކުންނާއި އެޑިއުކޭޝަނުން ބެލެނިވެރިން، މިކަމަށް އަހުލުވެރި ކުރުމަށް އެރުވުނު މަޢުލޫމާތުން ބެލެނިވެރިން ތިބީ ހިތްހަމަޖެހިފައެވެ. ނާސްތާގެ ފެންވަރާއި އަދި ނާސްތާ ޕެކް ކުރެވިފައި ހުންނާނެ ފެންވަރު އެނގުމުންނެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ތުއްތު ކުދިން ބިންމަތީގައި ޓީޝޫއެއް ކަހަލަ ކަރުދާސްކޮޅެއްގައި ސޭންޑްވިޗް ބަހައްޓައިގެން ކާންތިބި މަންޒަރު ފެނުމުން މިކަމަށް ބެލެނިވެރިން ކުރި އިތުބާރާއި މެދު ގޮތް ނިއްމުމަށް އަނެއްކާވެސް ދެވަނަ ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް ބެލެނިވެރިންދަނީ ޚިޔާލު ފާޅުކުރަމުންނެވެ.

އަދި ސްކޫލް ތަކާއި ، ހެލްތްމިނިސްޓްރީން މިފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދީ ސާފްޠާހިރު ކަން ހިފެހެއްޓޭނެ ގޮތެއްގައި މިކަން ކުރިއަށް ގެންދިއުމަށްވެސް ބެލެނިވެރިން ދަނީ އެދެމުންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މިއަދު ވަނީ ހެނދުނުގެ ނާސްތާ ދޭންފެށިފައެވެ. ގިނަ ސްކޫލްތަކުން ވަނީ ވަރަށް ރަނގަޅަށް މިކަމަށް ތައްޔާރުވެފައެވެ.