English Edition
Dhivehi Edition

އިންޑިއާގެ އެންމެ ވަރުގަދަ އޮޓޮމޮބައިލް ކުންފުނި ޓާޓާ މޮޓޯސް އިން އެންމެ ފަހުން ބާޒާރަށް ނެރެން ތައްޔާރުވި ކާރު “ޒިކާ” ގެ ނަން މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ “ޒިކާ” ވައިރަސް އާ ގުޅިގެން ބަދަލު ކުރަން ޖެހިއްޖެ އެވެ.

“ޒިކާ” ކާރާއި “ޒިކާ” ވައިރަހުގެ ނަން ހަމައެކަނި ތަފާތު ވަނީ ލިޔާ އިރު އެވެ. ކިޔާ އިރު ހަމަ އެކައްޗެކެވެ. “ޒިކާ” ކާރުގެ ސްޕެލިންގައި އޮންނަނީ ސީ އަކުރެކެވެ. އެކަމަކު “ޒިކާ” ވައިރަހުގެ ސްޕެލިންގައި އޮންނަނީ ކޭ އަކުރުކެވެ.

b5e2208698e57f0ec5e00fb18f19b41bec5f17d1“ޒިކާ” ކާރު ދައްކާކައިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ގްރޭޓަ ނޮއިޑާގައި ކުރިއަށްދާ “އޮޓޯ އެކްސްޕޯ 2016” ގަ އެވެ.

“ޒިކާ” ވައިރަހާ ގުޅިގެން “ޒިކާ” ކާރުގެ ނަން ބަދަލު ކުރަން ޖެހުމާ ގުޅިގެން ޓާޓާ އެިން ނެރުނު ބަޔާނުގައި ބުނެފައި ވަނި އެކްސްޕޯގައި ކާރު ދައްކާލަން ޖެހުނީ “ޒިކާ” ގެ ނަމުގައި ކަމަށް ވިޔަސް ކުރިއަށް އިތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކާރު ރީބްރޭންޑް ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ކިޔާނެ ނަމެއް ޓާޓާ އިން އަދި ހާމައެއް ނުކުރެ އެވެ.

ޓާޓާ އިން ބުނީ ކާރަށް “ޒިކާ” ގެ ނަން ދިނީ “ޒިޕީ ކާރު” ކުރުކޮށް ކިޔަންވެގެން ކަމަށެވެ.

ޒިކާ ވައިރަސް މިހާރު ހަލުވިކަމާ އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ އިރު، މި ބަލޮ ޖިންސީ ގުޅުމުން ވެސް ޖެހޭކަން މިހާރު ވަނީ ސާބިތުވެފަ އެވެ.

ސިއްހީ ތަޖުރިބާކާރުން ކުރިން ބުނަމުން އައީ ޑިންގީ އާ ދާދި އެއްކަހަލަ އަލާމާތްތަކެއް ހުންނަ ޒިކާ ޖެހެނީ ޑިންގީ ވެސް ޖެހޭ އީޑީސް މަދިރީގެ ސަބަބުން ކަމަށެވެ.