ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަދި އިގުތިސާދީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަން އިންޑިއާގެ ރިންގިންގް ބެލްސް ކުންފުނިން 4 ޔޫއެސް ޑޮލަރަށް ވުރެ އަގުހެޔޮ ސްމާޓް ފޯނެއް “ފްރީޑަމް 251” ރޭ ތަޢާރަފްކޮށްފި އެވެ.
އިންޑިއާގެ ކޮންމެ ރައްޔިތަކީ ފޯން ގެންގުޅެ، ޓެކްނޮލީޖީގެ ތެރޭގައި އުޅޭ މީހަކަށް ހެދުމުގެ އަމާޒާ އެކު އަލަށް ނެރުނު އަގު ހެޔޮ ފޯނަކީ ދުނިޔޭގެ ވެސް ރެކޯޑެވެ. މިފޯނުގެ ޕްރީ ބުކިންގް މިއަދު ހެނދުނު 6:00 ގައި ވަނީ ފަށައިފަ އެވެ.
ފޯނު ސަޕްލައިކޮށް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
އިންޑިއާގެ އެންމެ 251 ރުޕީސް އަށް އަދި ރާއްޖޭގެ އަގުން ބަލާ ނަމަ އެންމެ 56ރ. އެވެ.
“ފްރީޑަމް 251” ގައި އެކުލެވޭ ފީޗާސްތަކަށް ބަލާ އިރު މީގައި ހުންނާނޯ އެންޑްރޮއިޑް 5.1 ލޮލިޕޮޕް އޮޕަރޭޓިން ސިސްޓަމެވެ.
ފޯންގައި ހަތަރު އިންޗީގެ ކުލަ ސްކްރީނަކާއި 1.3 ގިގަހާޓްޒްގެ ޕްރޮސެސައަކާއި 3.2 މެގަޕިކްސަލްގެ ކެމެރާއަކާއި 0.3 މެގަޕިކްސަލްގެ ކުރިމަތީ ކެމެރާއެއް ހިމެނެ އެވެ.
“ފްރީޑަމް 251” އަކީ އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ “މޭކް އިން އިންޑިއާ” ކެމްޕޭންގެ ދަށުން ތަޢާރަފް ކުރި އުފެއްދުމެކެވެ.