English Edition
Dhivehi Edition

ބައެއް މީހުން ހީކުރާ ގޮތުގައި ގިނަ ފައިސާ ލިބި އަރާމުގައި މުއްސަނދިކޮށް އުޅޭ މީހުންނަނީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ މީހުންނެވެ. އެކަމަކު ހަމަ މިއާ އެކު އިވޭ އެންމެ އާންމު ވާހަކައަކީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި ފައިސާ އަށް ބޭނުންވާ ހުރިހާ އުފަލެއް ވެސް ނުގަނެވޭނެ ވާހަކަ އެވެ.

އެހެންވެ ތިމާއަކީ ބޮޑު މުސާރައެއް ލިބޭ މީހަކަށް ވިޔަސް ހަގީގަތުގައިި އޭނާއަކީ އެންމެ އުފަލުގައި އުޅޭ މީހާއެއް ނޫނެވެ. މީގެ ނުވަ އަހަރު ކުރިން ހަދސަން ފެށި ދިރާސާއެއްގެ ނަތީޖާ ދެއްކި ގޮތުން ވެސް ފައިސާއަކީ ހުރިހާ އުފަލެއް ގަނެވޭ އެއްޗެއް ނޫންކަން މި ވަނީ ސާބިރުވެފަ އެވެ.

މި ސަބަބާ ހުރެ ފިރިއެއް ނުވަތަ އަންބެއް އިހުތިޔާރު ކުރާ އިރު އެ މީހާގެ ތަނަވަސް ކަމަށް ބެލުމުގެ އެއްވެސް މާނައެއް ނެތެވެ. ސަބަބަކީ ފައިސާ އަށް ހުރިހާ އަުފަލެއް ގެނެވޭ ކަމަށް ބައެއް މީހުން ހީކުރުންތަކުގައި އެއްވެސް ހަގީގަތެއް ނެތުމެވެ.

ޖަރުމަނާއި އިނގިރޭވިލާތުގެ 18،000 މީހުން ބޭނުންކޮށްގެން ހެދި ދިރާސާ އިން ދެއްކި މަގާމުގެ ކުރިއެރުން ލިބި، މުސާރަ ބޮޑުވުމަކީ ތިމާ އަށް ލިބޭ ހުރިހާ އުފަލެއް ނޫނެވެ.

އަދި ޖީބު ބަންޑުންވާ ވަަރަށް ފައިސާ ލިބުނަސް އެ ފައިސާ ނުގެނެވޭ، ކިތަންމެ އެއްޗެއް އެބަ ހުއްޓެވެ.

އެހެންވީމާ ފައިސާއަކީ ހުރިހާ އެއްޗެއް ކަމަށް ދެކިގެން ތިމާވަރުގެ މީހަކު ނެތިގެން މޭފުއްޕާފައި އުޅެން ޖެހޭ ސަބަބެއް ނެެތެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ސްޓާލިން އެންޑް ނޮޓިންހަމް ޔުނިވަސިޓީގެ ލީޑް ރިސާޗަރު ކްރިސްޓޯފާ ބޮއިސް ވިދާޅުވީ އާމްދަނީ އިތުރުވުމަކީ ތިމާގެ އަމިއްލަ ހުރިހާ އެދުންތަކެއް ފުއްދޭ ކަމެއް ނޫން ކަމަށެވެ. އަދި ފައިސާ ގިނައިން ލިބުމަކީ ތިމާއަކީ ވަރަށް އުފަލުގައި އުޅެވޭ މީހަކަށް ވެސް ނުވެ އެވެ.

ކްރިސްޓޯފާ އަދި ވިދާޅުވީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާ އިރު ވެސް ބޮޑު އާމްދަނީ ލިބޭ މީހުންނަކީ އެ މީހުން ބޭނުންވާ ހުރިހާ އުފަލެއް އެ ފައިސާ އިން ހާސިލްކޮށް ދުނިޔެ ރަންވެގެން އުޅޭ ބައެއް ނޫން ކަމަށެވެެ. އެހެންވެ ތިމާ އަށް ލިބޭ ފައިސާގެ މިންވަރާއި ތިމާގެ ހަޔާތަށް އަންނަ ކުރިއެރުމާއި އުފާވެރިކަމާ އެއްވެސް ގުޅުމެއް ނެތެވެ.