English Edition
Dhivehi Edition

އުތުރު މެކްސިކޯގެ ސަހަރާގައި މީހަކު ހައިރާން ކުރުވާފަދަ ހޮހެޅެއް ހަދައިފި އެވެ.

ބޭރުން ބަލާލާއިރު ވަރަށް އާދައިގެ ގޮތަކަށް ފެންނަ މިހޮހަޅަ އޭނާ ހަދާފައިވަނީ ގާތްގަނޑަކަށް 25 އަހަރުންނެވެ. އެކަނިމާ އެކަނި މިހޮހަޅަ ހެދީ މެކްސިކޯގެ ރައްޔިތެއް ކަމަށްވާ ރާ ޕައުލެއްޓޭ ކިޔާ މީހެކެވެ. އެސަހަރާގައި އޭނާ އެކަނި ފިލުވާލަ ދީފައިވަނީ އޭނަ ގެންގުޅޭ ކުއްތާއެވެ.

އެހޮހަޅަ ފަރުމާކޮށްފައިވަނީ އޭނަގެ މޮޅު އަތްތެރި މަސައްކަތުން ވަރަށް ފުރިހަމަ އަށެވެ. އޭނަ އެތަން ރީތި ކުރުމަށް ފަރުމާކުރި ކޮންމެ ފާރަކަށް އޭނަ ގާތްގަނޑަކަށް 100 ގަޑިއިރު ހޭދަކޮށްފައި ވެއެވެ. ހަފްތާއަކު އޭނަ މަސައްކަތް ކޮށްފައިވަނީ 40 ގަޑި އިރުއެވެ.

ޕައުލެއްޓް ގަބޫލު ކުރާގޮތުން އޭނައަކީ އެހާމޮޅު އާޓިސްޓެއް ނޫނެވެ. އޭނަ އެކަން ކޮށްފައިވަނީ ހަމަ އުފަލަކަށްޓަކަ އެވެ. ނަމަވެސް އޭނަގެ ޚިޔާލު ގުދުރަތީ މަންޒަރުގެ ތެރެއިން ހަރު ބިމުގައި ކަނޑާ ނަގާފައިވަނީ ވަރަށްވެސް ފުރިހަމަ އަށެވެ.

އޭނަ ކޮށްފައިވާ މިބުރަ މަސައްކަތް އެއްވެސް ބަޔަކަށް ރޭކާވެސް ލާފައި ނެތެވެ. ފިލްމު އުފައްދާ މީހަކަށް އޭނަގެ އެމަސައްކަތުގެ ޚަބަރު ލިބިގެން އުފެއްދި ޑޮކިއުމެންޓްރީއިން ނޫނީ އޭނަގެ އަޑެއްވެސް އެހެން ފަރާތަކަށް އިވިފައި ނެތެވެ. ޕައުލެއްޓް ކުރަމުން ދިޔަ މަސައްކަތް އޭނާ ފިލްމް ކޮށްފައިވަނީ 3 އަހަރު ދުވަހުންނެވެ. އޭނަ އުފެއްދި ޑޮކިއުމެންޓްރީގައި ގާތްގަނޑަކަށް 900 ގަޑި އިރުގެ މަސައްކަތް އެޑޮކިއުމެންޓްރީގައި ދައްކާލާފައި ވެއެވެ.

މިޑޮކްމިންޓްރީ ބަލާލި ކޮންމެ މީހަކަށްވެސް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. އެހާ ގިނަ ދުވަހުން މީހަކު ކޮށްފައިވާ ބުރަ މަސައްކަތް އެހާމަ ފުރިހަމަ ވެފަ އަދި ހަމަ ރީތި ކަމުންނެވެ. ޕައުލެއްޓް ބޭނުންވެސް ވީ ހަމަ މީހުން ހައިރާން ކޮށްލުމެވެ. އޭނަގެ މަގްސަދުވެސް ހަމަ ހާސިލް ވެއްޖެއެވެ.

ޕައުލެއްޓްގެ މަސައްކަތް ދައްކުވާދޭ ވީޑިއޯ ތިރީގައި އެވަނީ އެވެ. އޭގެ ފުރިހަމަ ކަމާއި އޭނެގެ ހިތުގެ އުދާސް ބައްލަވާލައްވާށެވެ.