English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ

‘އައްޑޫގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގައިފި’ މި ސުރުޙީގެ ދަށުން ވަގުތު އޮންލައިންގައި 16 އެޕްރީލް ގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާއި ހިލާފް ހަބަރެއްކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ ދިވެހި ސަރުކާރާއި މެދު އައްޑޫ ސިޓީގެ ރައްޔަތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ވަގުތު އޮންލައިނުން ކޮށްފައިވާ ދަށުދަރަޖައިގެ އަމަލު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. މީގެ އިތުރުން ކައުންސިލުން ބުނީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ތަރައްޤީކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އައްޑޫ ރައްޔިތުންނަށް އެބައޮތްކަމަށާއި އެކަން އައްޑޫ ރައްޔިތުން ވަނީ ސާބިތުކޮށްދީފައިކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ސިޓީ ސްކުއަރ ތަރައްޤީކޮށް ކޯއްޓޭއަށް ގައުމީދިދަ ނެގުމަށް ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑްގައި އައްޑޫސިޓީ ކައުންސިލުންކުރިއަށް ގެންދާކަމަށެވެ.

ވުގުތު ނޫހުގެ އިތުރުން އެހެން ނޫހެއްގައިވެސް މި ސުރުހީގެ ދަށުން ހަބަރެއް ލިޔެފައިވާއިރު މިހާރު މި ދެ ނޫހުންވެސް އެ ހަބަރު ނަގާފައިވާކަމަށް ‘އޭއޯ ނިއުސް’އަށް ވަނީ މައުލޫމާތު ލިބިފައެވެ.