English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުން ސްރީލަންކަން އެއާލައިންސް ކުރާ ދަތުރު ތަކުގެ ޓިކެޓު އަގު 20 ޕަސެންޓް ދަށްކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ސްރީލަންކަން އެއާލައިނުގައި ތަފާތު ގިނަ މަންޒިލްތަކަކަށް ގަމުން ދަތުރުކުރެވޭއިރު މި ހާރު ފަށާފައިވާ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން 17 މޭއިގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މިއަހަރުގެ ނޮވެމްބަރ 30 ގެ ނިޔަލަށް ދަތުރު ކުރެވޭނެކަމަށް ސްރީލަންކަން އިން ބުނެއެވެ. މި ފެއަރ ގައި އިކޮނޮމީ އަދި ބިޒްނަސް ގެ ޓިކެޓްވެސް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ނެންގެވުމަށް އޭސް އޭވިއޭޝަންގެ ފޭދޫ އޮފީސްއަށް ގުޅައިގެން ނުވަތަ 7978966 ނުވަތަ 7926087 ނަންބަރ ފޯނަށް ގުޅައިގެން ޕްރޮމޯޝަންގެ މައުލޫމާތާއި، ޓިކެޓް ރިޒަވޭޝަންސް ހެއްދޭނެއެވެ. ސްރީލަންކަން އިން އަގުހެޔޮ ޕްރޮމޯޝަނެއް ފަށާފައިވާއިރު މިހާރު އިތުރު 3 މަންޒިލަކަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަދާފައެެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަފްތާއަކު ހަތަރު ފްލައިޓް ގަމާއި ލަންކާ އާއި ދެމެދު ބާއްވަމުން އަންނަ އިރު މިއަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އިތުރު ދެ ފްލައިޓް ބޭއްވުމަށ ވަނީ ނިންމާފައެވެ. ސްރީލަންކަންއިން ވަނީ ގަމުން ކާގޯ މުދާ ފޮނުވުމުގެ ހިދްމަތްވެސް ފަށާފައެވެ. އަދި ކޮލަމްބޯއިން ގަމަށް ކާގޯ ގެނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. ސްރީލަންކަން އެއާލައިނުން މަސައްކަތް ކުރަނީ އެއާލައިނަކީ ރާއްޖެ އަށް އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ އެއާލައިން ކަމަށް ހެދުމަށް ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ،