English Edition
Dhivehi Edition

ޔޫއޭއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް، “ޗިކިން”ގެ ރެސްޓޯރަންޓެއް ރަސްފަންނުގެ ޕެވެލިއަންގައި ރޭ ހުޅުވައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރެސްޓޯރެންޓް ހޮޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރާހީމް އެވެ

މި ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މުއިއްޒު ވަނީ މިފަދަ ކަންކަމަށް މެޑަމް ފާތުން ދެއްކާ ޚާއްސަ ސަމާލުކަން ފާހަގަކުރައްވައި އެކަމަނާ އަށް ޝުކުރު ދަންނަވާފައެވެ، މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެމްޑީ ވިދާޅުވީ ރައީސް ޔާމީންގެ ތަސައްވަރަކީ ވޯލްޑް ކުލާސް ބުރޭންޑާއި ސާވިސް ރާއްޖެއަށް އިފްތިތާހް ކުރުންކަމަށާއި ތަރައްގީ އަކީ ކޮންކްރިޓް އިމަރާތް އެކަންޏެއް ނޫންކަމަށެވެ