English Edition
Dhivehi Edition

މޯބައިލް ފޯނަކީ އަބަދުވެސް ތިމާއާއެކުގައިވާ އެންމެގާތް އެކުވެރިއާއެވެ. އެއާ ނުލައި ހަޔާތުގެ އެއްވެސް ކަމެއް ފުރިހަމަނުކުރެވޭ ވަރަށް އޭގެ މުހިންކަން ބޮޑެވެ. އަތުރުކުރީ ގަޑިއަކީ އެއީއެވެ. ސޯނާގަޑިއަކީ އެއީއެވެ. ދުރުގާތްކޮށްދޭ މިތުރަކީ އެއީއެވެ. އެހެންކަމުން ފާހާނާއަށް ވަންނައިރުވެސް ފޯނުހިފައިގެންވަނުމަކީ އާދައަކަށް ބައެއް މީހުންވަނީ ހަދައިފައެވެ. އެކަމަކު އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ވަރުގެ ކަމެއްނޫނެވެ. ފާޚާނާއަކީ އެތަނެއްގައި އެންމެ ގިނަ ޖަރާސީމް ހުންނަ އެއްތަނެވެ. އޭގެ ތެރޭގައި “އީ. ކޮލި’، “ސެލްމޮނެއްލާ”، “ސީ.ޑިފިސައިލް’ ފަދަ ނުރައްކާތެރި ޖަރާސީމު ހިމެނެއެވެ. އެހެން ކަމުން ފާޚާނައިގައި ހުންނަ ހުރިހާ ޖަރާސީމުގެ އަސަރު ފޯނަށްވެސް ކުރެއެވެ. އަދި އޭގެ ސަބަބުން ފޯނު ބޭނުންކުރާ މީހާއަށް އެތައް ބަލިތަކެއް ޖެހުމަށް މަގުފަހި ކުރުވައެވެ. މިޖަރާސީމުތަކަކީ އޭގެ ސަބަބުން ބުރަކަށީގައި ރިއްސުން، ހޮޑުލުން، ބޭރަށް ހިނގުން، ހުންއައުން، ބޮލުގައި ރިއްސުން އަދި ކިޑްނީފެއިލް ވުންފަދަ ދެރަގޮތްތައްވެސް ދިމާވެދާފަދަ ނުރައްކާތެރި ޖަރާސީމް ތަކެކެވެ. އަދި އެ ޖަރާސީމްތަކަކީ ބައެއްފަހަރު ފުރާނައަށްވެސް ނުރައްކާ ކުރުވާފަދަ އެއްޗެއް ކަމަށް ލަންޑަނުގެ “ކުއީން މޭރީ ޔުނިވާސިޓީ” ގެ ބަޔޯމެޑިކަލް ސައެންސްގެ ޑިރެކަޓަރ ޑރ. އެކާލޭ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުރިހާ އެންމެންވެސް އަމިއްލަ ސަލާމަތާއި އަދި އެހެން މީހުންގެ ސަލާމަތަށްޓަކައި ފާޚާނާގައި ފޯނުބޭނުން ކުރުން ހުއްޓާލަން އެބަޖެހެއެވެ. މި ކިޔާލުމަށްފަހު ދެން ފޯނު ފާޚާނާއަށް ނުވައްދާށެވެ.