English Edition
Dhivehi Edition

އިންޑިއާގެ އިރުއުތުރު އައްސާމް ސްޓޭޓުގައި ފެންބޮޑުވެ 22 މީހަކު މަރުވެއްޖެއެވެ. އައްސާމުގައި ފެންބޮޑުވެފައި މިވަނީ ބްރަމަޕުތުރާ ކޯރު، މި ޖުލައި މަހުގެ ތެރޭގައި ބަންޑުން ވުމުގެ ސަބަބުންނެވެ. މި ކާރިސާގެ އަސަރު ވަނީ އައްސާމުގެ ދެބައިކުޅަ އެއްބަޔަށް ކޮށްފައެވެ. އައްސާމް ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އެންމެ ފަހުން ނެރުނު ރިޕޯޓް ބުނާ ގޮތުން އެ ކާރިސާގައި މަރުވި މީހުންގެ އަދަދުވަނީ 22 އަށް އަރައިފައެވެ. އައްސާމުގެ 35 އަވަށުގެ ތެރެއިން 17 އަވަށަކަށް ފެންބޮޑުވުމުގެ އަސަރު ވަނީ ކޮށްފައެވެ. ފެންބޮޑުވުމުގެ އަސަރު 4.5 ލައްކަ މީހުންނަށް މިހާތަނަށް ކޮއްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އިތުރު ސަރަހައްދުތަކަށް ވެސް ދަނީ ފެނުގެ އަސަރު ކުރަމުންނެވެ. މިކާރިސާގެ އަސަރުވަނީ ޖުމްލަ 1037 ރަށަކާއި، 52 އިގްތިސާދީ ސަރަހައްދަކަށް ކޮށްފައެވެ. މިކާސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި 181 ރިލީފް ކޭމްޕް އައްސާމުގަވަނީ ގާއިމް ކޮށްފައެވެ. އަދި މި ކޭމްޕްތަކުގައި ވިހިހާހަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މިދިޔަ އަހަރުވެސް އައްސާމަށްކުރި ވިއްސާރައިގައި ފެންބޮޑުވެ 1.8 މިލިއަން މީހުންނަށްވަނީ އެކަމުގެ ތުރާ ޖެހިފައެވެ. އަދި ޖުމްލަ 28 މީހުންވަނީ މަރުވެފައެވެ.