އައްޑޫސިޓީގައި މަސައްކަތްކުރާ ހައުސިން މިނިޓްރީގެ ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންގެ މެދުގައި ބޭއްވި ބެޑްމިންޓަން މުބާރާތް މިރޭ ނިމިއްޖެއެވެ.

އެލް.ބީ.އެމް.އެސް.ޑީ ސްޓާފް ބެޑްމިންޓަން ޓޯނަމެންޓްގެ ނަމުގައި ބޭއްވި މިމުބާރާތުގައި ޖުމްލަ ތިން ޓީމް ވާދަކުރިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޭ ޓީމެވެ. ދެވަނައަށް ދިޔައީ ބީ ޓީމެވެ. ތިންވަނައަށް ދިޔައީ ސީ ޓީމެވެ.
ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ (ޓޮމް) ވިދާޅުވީ މިއީ މުވައްޒަފުންގެ މެދުގައި އެކުވެރިންކަން އާލާކޮށް ކުޅިވަރުގެ ރޫހު އުފައްދައި ކުޅިވަރުގެ ތެރެއިން ހިތްވަރު ލިބިގަނެ މަސައްކަތުގެ ޖޯޝު އުފެއްދުމުގެ މަގުސަދުގައި ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށްވަނީ ތައްޓާއި މެޑެލް ދީފައެވެ. ދެވަނަ ތިންވަނަ ޓީމަށް ދީފައިވަނީ މެޑެލް އެކަންޏެވެ. ޓީމް ތަކަށް ތައްޓާއި މެޑެލް ހަވާލު ކޮށްދެއްވީ ހައުސިލް މިނިސްޓްރީގެ ކުލަބު “ހިޔާ” ގެ ރައީސް އަންވަރު އަލީއާއި އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފެވެ.

މިމުބާރާތް ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީސް ހޯލުގައެވެ.
އައްޑޫ ސިޓީއަކީ ރާއްޖޭގައ ބެޑުމިންޓަން އެންމެ ވަރުގަދައަށް އާލާވެ ދިރެމުންދާ އެއް އަތޮޅު ކަމަށް ބެޑުމިންޓަން އެސޯސިއޭޝަނުންވަނީ ވިދާޅުވެފައެވެ. އެ އެސޯސިއޭޝަނުން ވަރަށް ފަހުންވަނީ “ބެންޑުމިންޓަން ފިއެސްޓާ” ނަމުގައި ފެސްޓިވަލެއް އައްޑޫގައި ބާއްވައިފައެވެ.