English Edition
Dhivehi Edition

މަރަދޫ ޑިސީ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބޭއްވި”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް” ގެ ފަޚުވެރި އެއްވަނަ ސ.ފޭދޫ ހައިހޯޕްގޭ، އަފްސަޙް ޝަފީއު ހޯދައިފިއެވެ. މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ އެއްވަނަ އަފްސަޙް ހޯދީ ސ.މަރަދޫ ސަމަރ ގްރީން، ހަސަން މުފީދު (އިންޑާ) އާ ފައިނަލުގައި ވާދަކޮށް 3-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ އައްޑޫ ސިޓީގައި މިގޮތަށް ބޭއްވި ފުރަތަމަ ޕީއެސް4 މުބާރާތެވެ. ފައިނަލް މެޗައަށްފަހު ވަނީ މުބާރާތުގެ ޗެމްޕިއަން އަދި ރަނައަޕް ޓީމަށް ޑީސީ ސްޕޯޓްސް އިން ހުށައަޅާފައިވާ މިލްކުވާ ތައްޓާއި، ފައިސާގެ އިނާމާއި،އީހަބްގެ ގިފްޓް ވައުޗަރާއި، މަރަދޫ ދާއިރާގެ ކައުންސިލް މެންބަރ ފައިސަލް އިބްރާހީމް ދެއްވި ފައިސާގެ އިނާމާއި މެޑަލް ހަވާލްކޮށްފައެވެ. މި އިނާމްތައް ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން މަރަދޫ ދާއިރާގެ ކައުންސިލް މެންބަރު ފައިސަލް އިބްރާހީމެވެ. ޑިސީ ސްޕޯޓްސް ޕީއެސް4 ޗެލްންޖްގެ އެއްވަނަ ހޯދާފައިވަނީ އަފްސަޙުއެވެ. ދެވަނަ ހޯދީ އިންޑާއެވެ. ތިންވަނަ ހޯދީ އަލީ އަބާނެވެ.