English Edition
Dhivehi Edition
މުހައްމަދު ލަމްއާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެކްސެކެޓިވް އޮފިސާ (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.

ލަމްއާން އެމްޕީއެލް ބޯޑަށް އައްޔަން ކޮށްފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށް ފަހުއެވެ.

މީގެ ކުރިން ލަމްއާން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. ފެބްރުއަރީ 1، 2024 ގައި އެ މަގާމަށް އައްޔަން ކުރި ލަމްއާން އެ މަގާމުން އިސްތިއުފާދެއްވީ މެއި 1 ވަނަ ދުވަހުއެވެ. . ލަމްއާން އިސްތިއުފާ ދެއްވުމާއެކު އެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.

ލަމްއާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.