އައްޑޫގައި ފެށުމަށް ތައްޔާރުވަމުންދާ އީކުއޭޓަރ އައްޑޫ އިންޓަނޭޝަނަލް މެރެތަންގެ އެކްސްޕޯ މާދަމާއަށް ފަސްކޮށްފިއެވެ.
މެރެތަން ބާއްވާ ރަނާސް މޯލްޑިވްސްއިން ބުނީ މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައި އޮތް އެކްސްޕޯ މާދަމައަށް ފަސްކޮށްފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި މާދަމާ ހަވީރުން ފެށިގެން ރޭގަނޑު ވަންދެން އެކްސްޕޯ ކުރިއަށް ދާނެކަމަށެވެ.
އައްޑޫގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް މެރެތަންގައި ބައިވެރިވާ އެތުލީޓުން ވެސް މިހާރު ވަނީ އައްޑޫއަށް އައިސްފައެވެ.
ކެންޔާ ފަދަ ބައެއް ގައުމުތަކުން އައި އެތުލީޓުން އައްޑޫއަށް އައިސްފައިވަނީ ލަންކާ މަގުންނެވެ.
މި ދުވުމުގައި ބައިވެރިވުމަށް 1300 އަށްވުރެގިނަ މީހުން ނަންނޯޓު ކޮށްފައިވާއިރު ދުވުމުގައި ބައިވެރިވުމަށް ބޭރުގެ ތަފާތު ގައުމުތަކުގެ 48 އެތުލީޓަކަށް ރަނާސް މޯލްޑިވްސްއިންވަނީ ދައުވަތު ދީފައެވެ.
މެރެތަން ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ ދެވަނަ ދުވަހު ހަވީރު 3:00 ގައެވެ.
މެރެތަންގެ އޮންލައިން މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.