ދުނިޔޭގެ މަޝްހޫރު އޮންލައިން ޝޮޕިންގ ޕްލެޓްފޯމް “ޓެމޫ” އާ ގުޅިގެން، އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ވަރަށް ހާއްސަ އަދި އަގުހުރި އޮފާއެއް ތައާރަފްކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، އުރީދޫ އެޕް މެދުވެރިކޮށް އެންމެ 100 ރުފިޔާ ހޭދަކޮށްގެން، ޓެމޫ އިން ވިޔަފާރިކުރުމަށް 100 ޑޮލަރު (ގާތްގަނޑަކަށް 1542 ރުފިޔާ) ގެ ޑިސްކައުންޓް ވައުޗަރު ބަންޑަލްއެއް ލިބޭނެއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ އުރީދޫގެ 50،000 ކަސްޓަމަރުންނަށެވެ.
ވައުޗަރު ހޯދާނީ ކިހިނެއް؟
މި ހާއްސަ ޑިސްކައުންޓް ކޫޕަން ބަންޑަލް، އުރީދޫ އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން ރިޑީމް ކުރެވޭނެއެވެ. މި ވައުޗަރު ބޭނުންކޮށްގެން ޓެމޫ މެދުވެރިކޮށް ގޭތެރެއަށް ބޭނުންވާ ސާމާނާއި، ޕާސަނަލް އައިޓަމްސް އަދި ހަދިޔާ ފަދަ ތަކެތި ހެޔޮ އަގުގައި ގަނެވޭނެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ދިވެހިންގެ މެދުގައި އޮންލައިން ޝޮޕިންގ މަގުބޫލުވަމުން އަންނައިރު، ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
“ޓެމޫއާ އެކު މި ޕާޓްނަޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް،” ނިޔާޒު ވިދާޅުވިއެވެ.