English Edition
Dhivehi Edition

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ވެސް މާރާމާރީއެއް ހިނގައިފައި ވެއެވެ. މި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިލައިފައި ވާކަމަށް ފުލުހުން ބުންޏެވެ.

އާބާދީ ބޮޑު ހުޅުމާލޭގައި މާރާމާރީތައް ހިންގައި، މީގެ ކުރިން ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ވެސް ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.