English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ،

ރައީސް މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ވަގުތު ހިދުމަތް ހޯދަމުން ގެންދިޔަ ޕޭޝަންޓުންނާއި އެ މީހުންގެ އާއިލާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.

ތެލަސީމިއާ ސެންޓަރުގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތު ރައީސް ބައްލަވާލައްވާފައިވާއިރު، ރައީސް ވަނީ ހުޅަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާ ފިޔަވަޅުތައް އަޅަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ލިބެންޖެހޭ ބޭސް ނުލިބުމާއި ލޭ ހޯދަން އުނދަގޫވެ ފިލްޓަރުތައް ހަލާކުވެފައި ހުރުމުން ލޭ ޕެކެޓު އުކާލަން ޖެހޭ ކަމުގެ ޝަކުވާ ގިނަވެ ރޭވަނީ މުޒަހާރާކޮށްފައެވެ.