English Edition
Dhivehi Edition
އުރީދޫ އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާލެވޭނެ

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް އުރީދޫއިން ހަމަޖައްސައިފިއެވެ.

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށް ވެސް ފިތުރު ޒަކާތް ދައްކާލެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް:

  1. ވެބްސައިޓް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުން
  2. ޒަކާތުގެ ބާވަތާއި އަދަދު އިހްތިޔާރުކުރުން
  3. ތަފްސީލުތައް ޖައްސަވާ
  4. ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިހްތިޔާރުކޮށް ވޮލެޓް ނަންބަރު ޖަހާ
  5. ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކުރުން

ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަންފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.

ޓެގު