ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވި ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވީ ނަމަވެސް ކުއްލި ކެބިނެޓް ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
“ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް” މި ސުރުހީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ހަބަރަކާއި ގުޅިގެން ހީނާ ވިދާޅުވީ މި ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ހީނާ ވިދާޅުވިއެވެ.
https://x.com/MvSpokesperson/status/1891793759874027730
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، ދިފާއުގައި ދައުލަތުން ހުށަހެޅީ އެ މައްސަލަ އަކީ ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.