English Edition
Dhivehi Edition
ދިވެހި ޔޫތު ލީގު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، “ދިވެހި ޔޫތު ލީގު” މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ.

މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފް.އޭ.އެމް.) އާއި ގުޅިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހި ޔޫތު ލީގުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި، މިދިޔަ 2024 ވަނަ އަހަރު ފެށި ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް މެޑަލްއާއި ތަށި ޙަވާލުކޮށްފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި، މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް، 14 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ޓީ.ސީ. ސޮޕޯޓްސް ކްލަބް، އަދި 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ކްލަބް ވެލެންސިއާއަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.