English Edition
Dhivehi Edition
ގއ. އަތޮޅު ވިލިނގިލި މައިމަގު: ފޮޓޯ ޖަމްޝީދު

ގއ. ވިލިނގިލީގެ ދެކުނު ފަރާތުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްގީކުރަން 11 ބިމެއް ކުއްޔަށް ދޫކުރަން، ބިޑް ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އެރަށުގައި ފަތުރުވެރުކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިމެެއް ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސް އަދި ފަތުރުވެެރިކަމާ ގުޅުން ހުރި ކަންކަން ތަރައްގީކުރުމަށް ބީލަމަށް ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ.

ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ހުށަހަޅަން ޖެހެއެވެ.

ބީލަމާ އެއްކޮށް ހުށަހަޅަން ޖެހޭ ލިޔުންތައް:

  • ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • ޕްރޮޕޯސަލް
  • މަސައްކަތްކުރާނެ ގޮތުގެ ޝެޑިއުލް
  • ކުންފުނި، ޕާޓްނާޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ
  • ބިޑް ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން މީހެއް ބައިވެރިވާނަމަ، ވެެރިފަރާތުގެ ލިޔުން (ޕަވާ އޮފްއެޓާނީ)
  • ބީލަން ހުށަހަޅާ ފަރާތުގެ ތިން މަސް ހަމަނުވާ ބޭންކް ސްޓޭޓްމަންޓް
  • ކައުންސިލުން ދީފައިވާ ނަމޫނާ އާ އެއްގޮތަށް ބިޒްނަސް ޕްލޭންގެ ހުރިހާ ބައިތަކެއް ފުރަހަމަ ކުރުން