މާލޭގެ ތިން ސަރަހައްދަކުން ފޭރުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. މި މީހުން ފޭރިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ މީޑިއާއިން ވިދާޅުވީ އެދެމީހުން ފޭރުނު ސަރަހައްދަކާއި ފޭރިފައިވަނީ ކޯއްޗެއްތޯ ބަލަމުންދާ ކަމަށެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ އެމީހުން ފޭރިފައިވަނީ ސައުތު ކެފޭއާއި، އޭޑީކޭ ކައިރިން ކަމަށެވެ. މިދިޔަ ހަފްތާގައިވެސް މާލެއިންވަނީ ފައިސާއާއި ބައެއް ތަކެތި ފޭރިގެންފައެވެ.