English Edition
Dhivehi Edition

ޣައްޒާއަށް ގަދަކަމުން އަރައިގެން އުޅޭ އިސްރާއީލުގެ ޔަހޫދީ ސިފައިން ދަނީ ޣައްޒާގައި ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުންނެވެ. އެގޮތުން ކުށެއް ނެތް ޣައްޒާގެ އެތަކެއް މުސްލިމުންނެއް ޝަހީދުކުރަމުން އަންނަ އިރު، އަދިވެސް އެ ޔަހުދީންގެ އެންމެ ބޮޑު އުފަލަކަށް ވެފައިވަނީ ޣައްޒާގެ މުސްލިމުން މަރާ ހުސްކުރުމެވެ.

ދާދީ ފަހުން އެކްސް ގައި އާންމުވެފައިވާ ވީޑޯއެއްގައި ޔަހޫދީ އަސްކަރިއްޔާގެ ސިފައިންގެ މީހަކު ބުނެފައިވަނީ އޭނާ އެންމެ ބޮޑަށް ކުރާހިތުން ކުރާނޭ ކަމަކީ އަދި ކުރަމުން އަންނަ ކަމަކީވެސް ފަލަސްތީނުގެ ތުއްތު ކުޑަކުދިން ޝަހީދުކުރުން ކަމަށެވެ. އަދި އެއީ ލިބޭ އުފަލެއްކަމަށް އޭނާ ބުނެފައިވެއެވެ.

މި ވީޑއޯގައި ޔަހޫދީ ކަލޭގެ ބުނެފައިވަނީ އޭނާ އޭނާ ކޮންމެ ދުވަހަކުވެސް އެންމެ އިސްކަމެއް ދީގެން ކުރާކަމަކީ ޣައްޒާގެ ކުދަކުދިން ފެނޭތޯ ހޯދާ ބެލުން ކަމަށާއި، ފެންނަ ކޮންމެ ކުއްޖަކު ޝަހީދު ކޮށްލާނޭ ކަމަށެވެ. އަދި މިހާތަނަށް ފެނިނު ކޮންމެ ކުއްޖަކުވެސް ވާނީ ޝަހީދުކޮށްލާފައި ކަމަށާއި އެންމެ ފަހުން ފެނުނީ 12 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާ ވެސް ވާނީ ޝަހީދުކޮށްލާފައިކަމަށް އެ ޔަހޫދީ ކަލޭގެ ބުނެފައިވެއެވެ.

” އަހަރެން ބޭނުމީ ފަލަސްތީނުގެ ތުއްތު ކުޑަކުދިން މަރަން. އެއީ އަހަރެންނަށް ވަރަށް މަޖާކަމެއް. މިހާރުވެސް މި ދަނީ ކުދަކުދިން ފެނޭތޯ ބަލަމުން. ހަމަ ފެންނަ އިރަށް އުފަލާއި އެކު މަަރާލާނަން. އެންމެ ފަހުން ފެނުނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއް. އެކުައްޖާވެސް ވާނީ މަރާލާފަ.” ޔަދީ ސިފައިންގެ މީހާ އެ ވީޑިއޯގައި ބުނެފައިވެއެވެ.

ޔަހޫދީ ސިފައިނަކީ އެއްވެސް ރަހުމެއް ކުލުނެއް، އިންސާނިއްޔަތު ކަމެއް ހުރި ބައެއް ނޫންކަން މި ވީޑއޯއިންވެސް ހާވަގެންދާއިރު، ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް އެންމެ ގިނައިން ޝަހީދުކޮސްލާފައިވަނީ ވެސް ފަލަސްތީނުގެ ކުޑަކުދިންނެވެ.