English Edition
Dhivehi Edition

ލުބްނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީ އިސްތިއުފާ ރަސްމީ ކޮށް އަނބުރާ ގެންގޮސްފިއެވެ.

ހަރީރީ އިސްތިއުފާ އަނބުރާ ގެންގޮސްފައި މިވަނީ އެނާ އިސްތިއުފާ ދިނުން މީގެ ދެ ހަފްތާ ކުރިން މަޑު ޖައްސާލުމަށް ފަހުގައެވެ.

ހަރީރީ ނެރުއްވި ބަޔާނެއްގައި ވިދާޅު ވެފައި ވަނީ މައްސަލަ މިހާރު ހައްލު ވެފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ އިސްފަރާތްތަށް ގުޅިގެން ކުރެވުނު މަޝްވަރާ ތަކުން އެހެނިހެން އަރަބި ގައުމު ތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް ވަނީ ނިންމި ނންމުން ކަމަށެވެ.

މިއީ ހިޒްބުﷲ ޖަމާއަތަށް ނިސްބަތް ކޮށް ބުނި ވާހަކައެކެވެ. ހިޒްބުﷲ ޖަމާއަތަކީ ހަރީރީ އެކުލަވާލައިފައިވާ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ މައިގަނޑު އެއް ބައިވެރިޔާ އެވެ. އެއީ ހިޒްބުﷲ ޖަމާއަތުން އިރާގް އަދި ސީރިއާގައި އައިއެސް ކުރަމުން ދިޔަ ހަނގުރާމައަށް މީހުން ފޮނުވުމުންނެވެ.

އެނާ މީގެ އިތުރުން ވަނީ އެނާ އަވަހާރަ ކޮއްލުމަށް ޕްލޭނެއް އޮތްކަމަށް ވިދާޅު ވެފައެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައެވެ.

ހަރީރީ އެނާގެ އިސްތިއުފާ ހުށައެޅީ މީގެ އެއްމަސް ކުރިން ރިޔާދުގައި ހުންނަވައެވެ. އެފަހަރު ހިޒްބުﷲ އިންވަނީ ހަރިރީ އަށް ސައުދީން މަޖުބޫރު ކޮއްފައިވާ ކަމަށް ތުހުމަތު ކޮއްފައެވެ.