English Edition
Dhivehi Edition
މުހައްމަދު ލަތީފް (ސެންބެ) ވޯޓުލެއްވުން/ ފޮޓޯ: ޕީޕީއެމް

އިންތިހާބީ ނައިބް ރައީސް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފިއެވެ.

ހުސައިން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީ އާ ގުޅިވަޑައިގަތީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސައިން މުހައްމަދު ލަތީފް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށް ފަހު ކަމަށެވެ. އަދި އެކަން ރަސްމީކޮށް މަޖިލީހަށް އަންގާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުސައިން ތަމްސީލުކުރައްވާނީ ޕީއެންސީ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހުސައިން ޕީއެންސީ އަށް ސޮއިކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.

މި ދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން މި އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 129،159 ވޯޓުންނެވެ.