English Edition
Dhivehi Edition

މާލޭ ހާބަރު ސަރަހައްދުގައި ކުރިންހުރި “ކަޑަތައް” ނަގައި އޭގެ ބަދަލުގައި އަޅަމުންދާ ފުޑް ކޯޓުތަކުގައި ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ހުޅުވައިފިއެވެ.

އެސްޓީއޯއިން އެކަމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެތަންތަނުގައި ޚިދުމަތް ދޭން ބޭނުންވާ މީހުން ރަޖިސްޓްރީކުރަންޖެހޭ ކަމަށެވެ. ރަޖިސްޓްރީ ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ. އެކަން ކުރިއަށްދާނީ އެ ދެދުވަހު ހެނދުނު 8:30އިން 2:00 އަށެވެ.

ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން މައުލޫމާތު ސާފުކުރުމަށް ބޭނުންވެގެން އެދޭ ފަރާތްތަކަށް ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޖަވާބު ލިބޭނެ ކަމަށްވެސް އެސްޓީއޯގެ އިއުލާނުގައި ބުނެފައިވެއެވެ.

ފުޑް ކޯޓުތައް ހިންގަން ބޭނުންވާ ފަރާތްތަކުން އެކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ޑިސެމްބަރު 12ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. އެއާއެކު އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއްވެސް ހުށަހަޅަން ޖެހޭ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.