English Edition
Dhivehi Edition

މާލޭގައި މިހާރު ކުރިއަށްދާ 10ވަނަ އެޓޯލް ބެޑްމިންޓަން މުބާރާތުގެ ފައިނަލުން ހޮރައިޒަން އެކަޑަމީ ޖާގަ ހޯދައިފިއެވެ.

ހޮރައިޒަން މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ރޭ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އައްޑޫ ސިޓީ ކައުންސިލްގެ ޓީމް ބަލިކޮށްގެންނެވެ.

ލީގު އުސޫލުން ކުޅޭ މިމުބާރާތުގެ ފައިނަލަށް ހޮރައިޒަން އެކަޑަމީ ދަތުރު ކޮށްފައިވަނީ ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކޮށް 63 ޕޮއިންޓް ހޯދައިގެންނެވެ. ހޮރައިޒަން ބަލިވެފައިވަނީ މިރޭ އެ ޓީމާއި ދެކޮޅަށް ފައިނަލްގައި ކުޅޭ އޭދަފުށި އަތުންނެވެ.

ރޭ ކުޅިވަރު އެކުވެނީގައި ކުޅުނު އައްޑޫ ސިޓގެ ދެ ޓީމްގެ ދެމެދުގައި ބައްދަލު ކުރި ފޯރިގަދަ މެޗުގެ 5 ޓައިގެ ތެރެއިން ހޮރައިޒަން އެކަޑަމީ މޮޅުވެފައިވަނީ ދެ ސިންގަލް އަދި އެ ޑަބަލްސް މެޗުންނެވެ..ރޭގެ މެޗުން މޮޅުވެގެން ފައިނަލުން ޖާގައެއް ހޯދެން އޮތް އައްޑޫ ސިޓީ ކައުންސިލްގެ ޓީމަށް މިމެޗުގައި ކުރި ހޯދިފައިވަނީ ދެ ޑަބަލްސް ޓައިގައެވެ.

މެޗަށް ފަހު އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން ހޮރައިޒަން ޓީމްގެ މެނޭޖަރ އާމިނަތު ގުލްފިޝާމް ބުނީ ރޭގެ މެޗުގައި ފެނިގެން ގޮސްފައިވަނީ ހޮރައިޒަން ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި އުންމީދަކީ މިފަހަރު އަތޮޅު މުބާރާތުގެ ފިރިހެން ބައިގެ ތަށީ އައްޑޫ ސިޓއަށް ގެންދިއުން ކަމަށެވެ.

ހޮރައިޒަން އެކަޑަމީ އާއި އޭދަފުށި ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހާވީރު 18:00 ގައެވެ.