މިހާރު މާލެގައި ކުރިއަށް ދާ 44 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗު އައްޑޫ ސިޓީ ހޮރައިޒަން އެކަޑަމީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރި އިރު އައްޑޫ ސިޓީ ކައުންސިލް، ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ރޭ މާލޭ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި ކުރިއަށް ދިޔަ 44 ވަނަ އަތޮޅު ބެޑްމިންޓަން މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުން އައްޑޫ ސިޓީ ކައުންސިލް ބ.އޭދަފުށި އަތުން 3-2 ސެޓުން ބަލިވެފައިވާ އިރު ހޮރިޒަން އެކަޑަމީ ވަނީ ނ.ހޮޅަދޫ ސީދާ 5-0 ސެޓުން ބަލިކޮށްފައެވެ.
ރޭ ހޮރައިޒަން އެކަޑަމީ އާއި ހޮޅަދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ މެޗުގައި 2 ސިންގަލް އަދި 3 ޑަބަލްސް މެޗު ހޮރައިޒަން އިން ކާމިޔާބު ކޮށްފައިވާ އިރު އައްޑޫ ސިޓީ ކައުންސިލް އާއި އޭދަފުށި ބައްދަލު ކުރި މެޗުގެ ދެ ސިންގަލް އަދި އެއް ޑަބަލްސް މެޗު ވަނީ ކާމިޔާބުކޮށްފައެވެ.އައްޑޫ ސިޓީ ކައުންސިލް މިމެޗުގައި މޮޅުވެފައިވަނީ ދެ ޑަބަލްސް މެޗުން ނެވެ.
މިރޭ ވެސް މިމުބާރާތުގައި އައްޑޫއިން ވާދަކުރާ ދެ ޓީމްގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.
މިގޮތުން މިއަދު ކުޅޭ ފުރަތަމަ މެޗުގައި އައްޑޫ ސިޓީ ކައުންސިލް އާއި ހޮޅަދޫ ބައްދަލު ކުރާއިރު ހޮރައިޒަން ބައްދަލުކުރާނީ އޭދަފުށީ ޓީމާއިއެވެ.