ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން ބާއްވާ “ކިޑްސް ކޭމްޕް” އެއް އައްޑޫސިޓީ ހިތަދޫ ގައި މިއަދު ފަށާނެއެވެ.
ފަސް ދުވަހަށް ކުރިއަށް ގެންދާ މިކޭޕް މިއަދު ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ. މާދަމާއިން ފެށިގެން 28 އާ ހަމައަށް ކޭމްޕު ކުރިއަށްދާނީ ހެނދުނު 8:00 އިން 11:00 އަށެވެ. މި ކޭމްޕްގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 11 އަހަރޭ ދެމެދުގެ ކުދިންނަށެވެ.
މިއީ ކުދިން ހުނަރު އިތުރުކޮށް މައުލޫމާތު މުއްސަނދި ކޮށްދިނުމުގެ ގޮތުން ބާއްވާ ކޭމްޕެކެވެ.
ސްކޫލް ބޮޑު ބަންދާ ދިމާކޮށް ބާއްވާ މިކޭމްޕުގައި ފަސްޓްއެއިޑާއި، އާޓު އެންޑް ކްރާފްޓާއި، ކުއްލި ހާލަތަށް ތައްޔާރުވާނެ ގޮތާއި އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ކުދިންގެ އުމުރާ ގުޅޭ ގޮތުން ބުނެދެވޭނެއެވެ.
ކޭމްޕުގައި ބައިވެރިވާ ކޮންމެ ކުއްޖަކު ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ.