English Edition
Dhivehi Edition

ސައުދީ އަރަބިއާގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯ ޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް ގޮވާލާ ސައުދީގެ ވަކީލަކު ކޯޓަށް މައްސަލަ އެއް ހުށައަޅައިފިއެވެ.

ސައުދީގެ މަޝްޙޫރު ވަކީލެއް ކަމުގައިވާ ނައުފް ބިން އަހުމަދު ރޮނާލްޑޯގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު، މި މައްސަލަ އަކީ އެންމެ ފަހުން ސަައުދީ ޕްރޮލީގުގައި ވާދަވެރި އަލް ހިލާލް އާއި ދެކޮޅަށް ކުޅެ އަލް ނަޞަރު ބަލިވި މެޗަށް ފަހު ރޮނާލްޑޯ އިދިކޮޅު ސަޕޯޓަރުންނާއި ދިމާއަށް ފާޙިޝް މަންޒަރެއް ސިފަވާގޮތަށް އަމިއްލަ އައުރަ ގުނަވަނުގައި ހިފާ ތެޅުވި ކަމަށް ބުނާ މައްސަލައެވެ.

ވަކީލް ބުނީ އެ މައްސަލަ ކޯޓަށް މިހާރު ވައްދާފައިވާއިރު، އެ ކަމުގެ ތަޙުޤީޤު ކުރިޔަށަ ދާނޭ ކަމަށާއި އެއީ ރޮނާލްޑޯ ގަސްދުގައި ސަޕޯޓަރުންނާއި އަމާޒުކޮށް ހިންގި އަމަލެއް ނަމަ ވަގުތުން އޭނާގެ އެއްބަސް ވުން ބާތިލްކޮށް ހައްޔަރުކޮށް ގައުމުން ފުރުވާލަން ޖެހޭނޭކަމަށެވެ.

އަދި އެއީ ސައުދީ ޤާނޫނުގައި ބޮޑު ކުށެއް ކަމަށާއި އާންމުންގެ ތެރޭވައި އެފަދަ އަމަލެއް ހިންވުމަކީ ޤާނޫނީ ކުށެއް ކަމަށެވެ.

އެހެން ކަމުން މި މައްސަލަ ދޫކޮށް ނުލާ ކުރިޔަށަ ގެންދާނޭ ކަމަށާއި އެކަން ވަރަށް ރަނގަޅަށް ތަޙުޤީޤު ކުރަން ޖެހޭކަމަށެވެ.

ސޯޝަލް މީޑިއާގައި ވެސް އެ ވީޑިއޯ އާންމުވެ ދައުރު ަމުން އަންނައިރު، ވަކީލު ނޫފް ބިން އަހުމަދު ވިދާޅުވީ ސައުދީ ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ރޮނާލްޑޯގެ އެ އަމަލު ސިފަކުރެވެނީ ކުރެވެނީ ‘އާންމު ފާޙިޝް ޖަރީމާއެއް’ ކަމަށެވެ.

“އެއީ އާންމުންގެ ކުރިމަތީގައި ކުރި ހަޑިމުޑުދާރު އަމަލެއް، އެއީ ގައުމާއި ރައްޔިތުންގެ ޝަރަފު ގެއްލިދާފަދަ ޖަރީމާއެއްގެ ގޮތުގައި ސިފަކުރެވެނީ، އަދި އެއީ ގައުމުން ބޭރު ބިދޭސީއަކު ކުރިނަމަ ހައްޔަރުކޮށް ޑީޕޯޓުކޮށްލަން ޖެހޭވަރުގެ ކުށެއް،” ވަކީލު ވިދާޅުވި އެވެ.