English Edition
Dhivehi Edition

އެނދުގައި އެތައް އިރެއް ވަންދެން ފުރޮޅި ފުރޮޅި އޮތަސް ނުނިދޭ ވާހަކައަކީ ވަރަށް އާންމު ވާހަކައެކެވެ. ކެއިން ބުއިމުގެ ނުބައި އާދަތަކުގެ އަސަރު ނިދުމަށްކުރާއިރު، ރަނގަޅަށް ނުނިދުމުގެ ސަބަބުން ދިމާވާ މައްސަލަތައް ވަރަށް ގިނައެވެ. އަދި ނިދަން އުދަގޫވެ ހަމަނިދި ނުލިބުމުގެ ސަބަބުން އެކަމުގެ އަސަރު މީހާގެ ސިކުނޑިއަށްވެސް ކުރެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުން ‘ނަޓްސް’ އަކީ އަވަހަށް ނިދުމަށާ، ނިދި ފުރިހަމަ ކުރުމަށް ކާން ރަގަޅު އެއްޗެކެވެ. ހާއްސަކޮށް ޕިސްޓާޗިއޯ އަކީ އަވަހަށް ނިދުމަށްޓަކައި ކާން ރަނގަޅު އެއްޗެކެވެ. ޕިސްޓާޗިއޯ ކެއުމުން ނިދިޖައްސަދޭ ހޯމޯން ކަމުގައިވާ މެލަޓޯނިން އުފެދޭ މިންވަރު އިތުރުވެއެވެ. މެލަޓޯނިންއަކީ ނިދުމަށް އެހީތެރިވެދީ އަދި ނިދުމާއި ހޭލުމުގެ ސައިކަލް މެނޭޖްކުރާ ހޯމޯންއެވެ. އަދި ޕިސްޓާޗިއޯގެ ސަބަބުން ހަށިގަނޑުގައި މެގްނޭޒިއަމް އާއި ވިޓަމިން-ބީ6 ގެ ސަބަބުންވެސް ނިދުމަށް އެހީތެރިކަން ލިބިގެންދެއެވެ.

އެހެންކަމުން ބޭރުގަދަ ބޭސް ބޭނުންކޮށްގެން ނިދުމުގެ ބަދަލުގައި ކޮންމެ ރެއަކުވެސް ނިދަން އެރުމުގެ އެއް ގަޑިއިރު ކުރިން ޕިސްޓާޗިއޯ ކެއުމަށް އާދަކުރާށެވެ. ޕިސްޓާޗިއޯގެ ސަބަބުން މީހާ ނިދުމަށް ފަސޭހަވުމުގެ އިތުރުން އެންޒައިޓީ އާއި ހާސްކަމުންވެސް މީހާ ދުރުކޮށް ދެއެވެ،