English Edition
Dhivehi Edition

ރާއްޖޭގެ މަޞްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބުރާހީމް ފަރީދުގެ ވަރަށް ޚާއްޞަ ދަރުހެއް އަންނަ ހުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮންނާނެކަމަށް އެދަރުސް އިންތިޒާމު ކުރާ ފަރާތްކަމުގައިވާ ބްރަދާހުޑް އަދި ޖަމްޢިއްޔަތުލް އިސްލާމްއިން ބުނެފިއެވެ.

ބްރަދާހުޑް އަދި ޖަމްޢިއްޔަތުލް އިސްލާމް ގުޅިގެން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ މި ދަރުސްގެ މަޢުލޫއަކީ ” މާޔޫސްކަމުގެ ވަގުތުގައި” އެވެ.

މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ފަރީދުގެ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:45 ގައެވެ.

ރަމަޟާން މަހާއި ދިމާކޮށް ބާއްވާ މި ދަރުސްގެ މަޤުސަދަކީ އާންމުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި މިފަދަ ގިނަ ދަރުސްތަކެއް ކުރިޔަށް އޮތް ތަނުގައި ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.