English Edition
Dhivehi Edition

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކާމިޔާބު ފިލްމު ‘ޓައިޓޭނިކް’ އަލުން އަނެއްކާވެސް ސިނަމާތަކުގައި އެޅުވުމަށް ނިންމައިފިއެވެ.

1997 ވަނަ އަހަރު ޖޭމްސް ކެމެރަން ނެރުނު “ޓައިޓޭނިކް” ފިލްމު ރިލީޒްކުރިތާ 25 އަހަރު ފުރުމާ ގުޅިގެން މި ފިލްމު އަލުން ސިނަމާތަކުގައި އަޅުވަން ނިންމާފައިވާއިރު މި ފިލްމު، މި ފަހަރު އަޅުވަނީ ރިމާސްޓާ ކުރުމަށް ފަހު ފޯކޭ އެޗްޑީއާރް ފްރޭމްރޭޓަކާ އެކު ތްރީޑީކޮށެވެ.

މި މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި މި ފިލްމު އެޅުވުމަށް ނިންމާފައިވާއިރު ޖޭމްސް ބުނީ މިއީ ފަހުގެ ޖީލުތަކަށްވެސް މި ފިލްމު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. “ޓައިޓޭނިކް” ގެ ރީރިލީޒެއް މީގެ 10 އަހަރު ކުރިން ވެސް ވަނީ ސިނަމާތަކުގައި އަޅުވާފައިވާއިރު މިފަހަރު ސިނަމާގައި ފިލްމު އަޅުވާއިރު “ޑޮލްބީ އެޓްމޮސް” ސައުންޑާ އެކު ފިލްމުގެ އަޑުގެ ކޮލެޓީ ވަރަށް ބޮޑަށް ރަގަޅުވެގެންދާނެއެވެ.

“ޓައިޓޭނިކް” އަކީ އެންމެ ފުރަތަމަ ބޮކްސް އޮފީސް އާމްދަނީ ބިލިއަނަކަށް އެރި ފިލްމެވެ. މި ފިލްމަށް މިހާތަނަށް 11 އޮސްކާ އެވޯޑު ލިބިފަ ވާއިރު، މިއީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ފިލްމެކެވެ.