މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް އިން މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއު ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުމާ ގުޅިގެން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ކުންފުނި ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުގެ ދަށުން 20،000 ރުފިޔާއިންނެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.
އީޕީއޭއިން ބުނީ މަޑިފުށީގައި އެ މަސައްކަތްތައް ކޮށްފައިވަނީ ތިމާވެށީގެ ކްލިއަރެންސް ނުހޯދާ ކަމަށެވެ. އަދި މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ފުރިހަމަކޮށްފައިނުވާކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލުންވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި ހިލާފުވުމާއި ގުޅިގެން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މިހާތަނަށް އީޕީއޭއިން ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ.