English Edition
Dhivehi Edition

ކުރީގެ ރައީސް ނަޝީދުއަކީ ދިވެއްސަކަށް ވީތީ ދިވެހިން ލަދުގަންނަން ޖެހޭކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ

ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ރޭ ” އަސްތާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދީނަށް ކަނޑައެޅިގެން ފުރައްސާރަ ކުރައްވަވާ ރަސޫލާއަށް ހަޖޫ ޖަހާފައިވާ އެބޭފުޅާއަކީ ދިވެއްސަކަށް ވިތީ ދިވެހިން މިއަދު ލަނދުގަންނަން ޖެހޭނެކަމަށެވެ.

“ދިވެހި ރާއްޖޭގެ ވެރިކަން ކުރި ބޭފުޅަކު ދީނީ ގޮތުން ހައްދު ފަހަނައަޅައިގޮސް ދިވެހީންނަށް ރާބޮވެން ޖެހޭނެ ކަމަށް ބުނެފައި. އަދި މިގައުމުގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބޭރުގެ ޕޯޑިއަމް ތަކާއި ދިވެހި ގައުމުގެ ބައެއް ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވާފައި. މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށްފައި” ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގައުމުގެ ދީނީ ވަހުދަތު ނައްތާލަން ބޭރުގެ ބައެއް ގައުމުތަކުގައި ތިއްބަވައިގެން މަސައްކަތް ކުރަމުން ގެންދަވާ ބޭފުޅުންނަށް ވެސް އެބެހެވެނީ ދިވެހީންގެ މިނިވަންކަމާއި ކަމަށެވެ.

“ދިވެހިންނަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ ރައްޔިތުން ތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް. މިގައުމުގެ މިނިވަންކަން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ” ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.