މޯލްޑްވިސް އެކްލޫސިވް އާއި ހޮރައިޒަން އެކަޑަމީ އަދި މަރަދޫގެ ޒުވާނުން ގުޅިގެން މަރަދޫ ފޭދޫ ޔޫތް ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ” މޯލްޑިވްސް އެކްލޫސިވް ބެޑްމިންޓަން އޮޕެންސް”މުބާރާތް މިއަދު ފަށާގޮތަށް ނިންމައިފިއެވެ.
މިއަދު ހަވީރު ފަށާ މިމުބާރާތުގެ މައިގަނޑު މަގުސަދަކީ މަރަދޫ،މަރަދޫ ފެދޫ އަދި ފޭދޫގައި ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށާއި މިތިން ރަށުގައި ތިބި ކުޅުންތެރިންގެ މެދުގައި ވާދަވެރި މުބާރާތެއް ބޭއްވުމަށް ކަމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދެއެވެ.
2011 ވަނަ އަހަރުގެ ފަހުން މުޅިން އަލަށް މަރަދޫ ފޭދޫގައި ބާއްވާ މިމުބާރާތުގައި މިފަހަރު 35 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ޖުމްލަ 25 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މިއަދު ހަވީރު ފަށާ މިމުބާރާތުގައި މިއަދުވެސް 12 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު މިއަދުގެ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ އަޙްމަދު ޒިދާން މުޚުތާރު އާއި މުހައްމަދު މުނީޒްއެވެ.