English Edition
Dhivehi Edition

ބަރުދަން ލުއިކުރުމުގެ ދަތުރަކީ އެއްވެސް މީހަަކަށް ފަސޭހަ ދަތުރެއް ނޫނެވެ. މީހާގެ ބަރުދަން އިތުރުވެ ހަށިގަނޑު ފަލަވުމުގެ ސަބަބުން ތިމާއަށް ކުރިމަތިވާ ޖިސްމާނީ އުދަގޫތަކުގެ އިތުރުން މުޖްތަމައުގެ ތެރެއިން އިވޭ އަޑުތަކަކީވެސް މީހާއަށް ނަފްސާނީ ގޮތުންވެސް އެތައް އުދަގުލަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ، މިހާ ބަލިކަށި ކޮށް މީހުންގެ ތެރެއަށް ނިކުތުމަށް ފަސްޖެހޭ ކަމެކެވެ. އެހެންނަމަވެސް ހިތްވަރު ގަދަ މީހުންނަކީ މި ހުރިހާ ކަމަކާއި ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާ މީހުންނެވެ. ދުވަހަކުވެސް ނުހިކޭނެ ކަމަށް ގަބޫލުކުރުމުގެ ބަދަލުގައި ގަދަ އަޅައި މަސައްކަތްކޮށް ހަށިގަނޑަށް ތިމާ ގެންނަން ބޭނުންވާ ބަދަލު ގެންނަ މީހުންނެވެ. ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތް ކޮށް އެ ކަން ކާމިޔާބު ހޯދާ މީހުންނެވެ.

ސ.މީދޫ މަހްމާގެ، ސާވަތް އަކީ މި ފަދަ ހިތްވަރު ގަދަ އަންހެނެކެވެ. ދެވަނަ ދަރިފުޅަށް ފަހު ހަށިގަނޑަށް އައި ބަދަލުތަކާއި އެކު އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހުނެވެ. ދެން ދުވަހަކުވެސް ނުހިކޭނެ ކަމަށާއި މީހާގެ ހަށިގަނޑު ހަޑިވެއްޖެކަމަށް އެތައް ބަޔަކު ބުންޏެވެ. އެހެންނަމަވެސް އެ ހުރިހާ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ސާތު ފެށީ މުޅިން އެހެން މަސައްކަތެކެވެ. “ވެލްނަސް މެޓާސް” 21 ޑޭ ފިޓްނަސް ޗެލެންޖުގައި ސާތު ބައިވެރިވީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ.

No description available.

ވެލްނަސް މެޓާސްއަކީ މީގެ 5 އަހަރުކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް ފައުންޑަރ ޒުލްފާ ނަސީރު މެލޭޝިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަނެ ހަށިގަނޑަށް އައި ހެޔޮ ބަދަލުން އާއިލާގެ މެންބަރުންނާއި ގާތްރައްޓެހިންނަށް މިހެޔޮ ބަދަލު ގެނެސް ދިނުމަށް ފެއްޓެވި މަސައްކަތެކެވެ. މީގެ 3 އަހަރުކުރިން އަމިއްލަ ފަރުދެއް ފެއްޓެވި މަސައްކަތް ވެގެންދިޔައީ “21 ޑޭސް ފިޓްޗެލަންޖް”ގެ ފެށުންކަމުގައެވެ. މިޗެލެންޖްއަކީ މެލޭޝިއާގެ ވެލްނަސް އެކްސްޕަރޓްސް އާއި ގުޅިގެން މުޖްތަމައުގެ ފަރުދުންނަށް އިޖްތިމާއީ ގޮތުން އަދި މާލީގޮތުން ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައުއެއް ބިނާ ކުރުމަށް ތައާރަފް ކުރެއްވުނު ޕްރޮގްރާމެކެވެ.

No description available.
ވެލްނެސް މެޓާސްގެ ފައުންޑަރ ޒުލްފާ ނަސީރު

މި ޕްރޮގްރާމްގައި ސާތު ބައިވެރިވީ ވަރުގަދަ އަޒުމެއްގައެވެ. ވަރަށް ގިނަމިހުންގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އެ ހުރިހާ އަޑުތަކަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ގަދަ ފަދަ އަޒުމާއެކު ސާތު ފެށި ދަތުރުގެ ނަތީޖާ ވަރަށް ފޮންޏެވެ. 68 ކިލޯ އިން ފެށި ދަތުރުގައި 55 ކިލޯއަށް ބަރުދަން ލުއިކޮށް ސާތު މި ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ނުވާނެ ކަމަށް ބުނި މީހުންނަށް ނަމޫނާ ދައްކާފައެވެ.

މިހާރު ސާތު ކުރާ މަސައްކަތަކީ ހަމައެކަނި އަމިއްލައަށް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމެއް ނޫނެވެ. އެހެންނަމަވެސް ދުވަހަކުވެސް ނުހިކޭނެކަމަށް ގަބޫލު ކުރާ މީހުންގެ ވިސްނުން ބަދަލުކޮށް އެ ފަރާތްތަތައް ހިތްވަރު ދީ އެ ފަރާތްތަކަށް ފުރިހަމަ ސިއްހަތެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ. މިހާރު ސާތު އަކީ ވެލްނަސް މެޓާސްގެ ކޯޗްއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތެކެވެ. “ބުނެލަން ބޭނުން ވަނީ އަސްލު މިއީ ޑައެއްޓްކުރާ ޕްރޮގްރާމްއެއްނޫނޭ. ނަމަވެސް ލައިފްސްޓައިލް ބަދަލު ކުރާ ޕްރޮގްރާމެކޭ” ސާތު ބުންނެވެ.

No description available.

މި ޕްރޮގްރާމް މީގެ އަހަރެއްހާ ދުވަސް ކުރިން ސާތު ބައިވެރިވި އިރު ޕްރޮގްރާމްގައި ތައްޔާރު ކުރަން ބޭނުންވާ ބައެއް ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ތަރުކާރީ ރަށުން ހޯދަން އުދަގޫވިނަމަވެސް މިހާރު ފަސޭހަކަމާއެކު އެ ތަކެތި ލިބެއެވެ. “އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ފޮލޯކުރަނީ %20 ވޯކްއައުޓް، %80 ނިއުޓްރީޝަން އަދި %100 މައިންޑްސެޓް. އަޅިގަނޑުމެންގެ ޕްރޮގްރާމްގައި ތަފާތު މީލް ޕްލޭން އެކުލެވިފައިވޭ. އެއީ އަޅުގަނޑުމެންނާ ގުޅެނީ ހަމައެކަނި ބަރުދަން ލުއި ކުރަންބޭނުންވާ މީހުންނެއް ނޫން. ހުންނަންވާ ވަރަށްވުރެ ބަރުދަން ލުއިވުމުގެ ސަބަބުން މަސަލްމާސް ބިލްޑްކޮށް ހުންނަންވާ ވަރަށް ބަރުދަން އިތުރުކުރަން ބޭނުން ފަރާތްތައްވެސް އުޅޭ. އަދި މީގެއިތުރުން ހުންނަންވާ މިންގަނޑަށް ބަރުދަން ހުރި ނަމަވެސް ހެލްތީ ލައިފްސްޓައިލް އެއް ދަމަހައްޓަން ބޭނުންވާ ފަރާތްތައްވެސް އުޅޭ.” ސާތު ބުންޏެވެ.

No description available.

“މި ޖަރނީގައި އެންމެ ބޮޑު ހިއްވަރެއްދިނީ އަދި ސަޕޯރޓެއް ދެނީ އަޅުގަނޑުގެ ފިރިމީހާ އަދި އާއިލާގެ މެންބަރުން. މީގެ އިތުރުން ވެލްނަސް މެޓާރސްގެ ހެޑް ކޯޗް އަދި މެންޓަރ ޒުލްފާ ނަސީރު (ޒުލް)”ސާތު ބުންޏެވެ، އިތުރަށް ސާތު ބުނީ އަދިވެސް މި ދަތުރު އޮތީ ކުރިއަށް ކަމަށެވެ.

ސާތު ބުނީ މި ޕްރޮގްރާމް އިން އެންގިގެން ދިޔައީ މިއީ ޑައެޓްކުރުމެއްނޫންކަން، ނަމަވެސް ދުޅަހެޔޮ އަދި ހަށިހެޔޮ ސިއްހަތެއްގައި ނަފްސާނީގޮތުން ދުޅަހެޔޮ އަދި މާލީގޮތުން ބާރުވެރި ކުރުވާދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަދޭން އެހީތެރިވާ ޕްރޮގްރާމްއެއްކަމެވެ.

މިވަގުތު ވެލްނަސް މެޓާރސްއިން ހިންގާ ޕްރޮޖްޓް ތަކަކީ:
– 21 ޑޭސް ފިޓް ޗެލްންޖް
– މޭކް އޯވަރ ޕްރޮޖެކްޓް
– ނިއުޓްރި ސްޓޭޝަން
– ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓް
– ވެލްނަސް މެޓާރސް ޑޮނޭޝަން
– ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ

މި ޕްރޮގްރާމްގެ ތެރެއިން މިއަދު ގިނަ އަދަދެއްގެ ވެލްނަސް ކޯޗުންތަކެއް ބިނާކުރެވި ބާރުވެރިކުރުވާ، އުފެންދުންތެރިކަން އިތުރުކުރުވާ މިއަދު ވެލްނަސް މެޓާސްގައި ހަރަކާތްތެރިވެލައްވާ 13 ކޯޗުން އެބަތިއްބެވިއެވެ. އަދި މިއަދާހަމައަށް 5000 ވުރެ ގިނަ ފަރުދުންގެ ހަޔާތަށް ހެޔޮބަދަލެއް ގެންނަން އެހީތެރިވެދެވިފައިވެއެވެ.

ސާތު ވެލްނެސް މެޓާ އާއި އެކު ފެށި ދަތުރު ވަރަށްވެސް ކާމިޔާބެވެ، މި ފަދަ ކަމަކަށް ބޭނުންވަނީ ހިތްވަރާއި އަޒުމެވެ. ވާނެކަން ގަބޫލު ކުރުމެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ.