English Edition
Dhivehi Edition
ދުންމާރި ބޮޑުބެރު ގްރޫޕް

ދިވެހި ރުކެ ފަންނަތާއި ކޭފަތި ،ކަނޑައިނަގައި ލެއް ރައިވަރަތަކާއި އަންބާތަކުން އެހަމަހިމޭން ފަޒާ ގުގުމާވަރަ އަޑައު އިއްވާއްފެށި ބާކިންނަކީ ދިވެހި ބޮނޑަބެރައިގެ އަހުލުވެރިން. އެފްރިކާބައްރުގެ ޤައުމުތަކުނަސް ފެނޭ މިބޮނޑަބެރަ ފަހަކައުއާސް ރާއްދޭގެ އެހެންހިސާބަތަކި މާބޮނޑަ ފޯރިއަކާއި އެއްކޮއް ކޮޅިއަސް މިކަން އައްޑޫސިޓީ އެ ވައިއެ ހިފިތާން ނިފެނެއި. ދޭތެރެ ދޭތެރެއިން ބެރަޖެހުން ފެނިގެންނިއެއިއަކާއުއައް ނުން. ހަމަގާމުނަސް ހިތަދޫއެ ބާކިން ބެރާއް ޖެހިތާން މިފަހަކުން ފެނެނެއި އިސްކޫލެ ކޫދަކާމެން މިކަމައް ހިއްޖެހި މީ ކޮޅަނައްފެށިމެއި. ނިކަން އެޅެވަރުގެ ޒުވާން ކުދިންކެޑައް ބޮނޑަބެރާއް ޝައުގުއުފެދި އެކަމިވޭނޑޭތަން މިކޯ އަފިރިއެ ތެބެ ދަކުމާ. އުމުރުން 16 އަހަރުގެ ހިތަދޫއައް އުފަން އެރަށި ކޮޕީލައިފް ޙަސަން ޒަޔާން އަކީ އައްޑޫއައް އައު ނަމައްނުން. ބާކިން އެއްވޭ ކޮންމި ތާކި ޒަޔާންއެއި ޒަޔާންގެ ދުންމާރި ބޮނޑަބެރަ ގްރޫޕް ހަރަކާއްތެރިވޭތަން ފެނެއި.

ދުންމާރި ބޮނޑަބެރަ ގްރޫޕް: ފޮޓޯ އެކްސްޕްރެސް އެމްވީމިކުދިން ކިތައްމި ކުދާހަސް އަދި ކިތައްމި އަލަސް ކުރު މުއްދަތަކި އެތެރެ ޢާންމުންގެ ލޯއްބާއި ތާއީދު ހޯދަގަތީ ވަރައް ފައްސޭހުން. އެހެން ނިވޭއްޖެހޭ ސަބަބަކަސް ނެއް. ކަންކަން ތަރުތީބު ވެފެއި ހިށި ފުރިހަމަ ކަމާއި އެއްވަރައް ރިވެތި އަޚްލާޤު ހިފެހެއްޓުމައް ގަދަ އެޑައި މަސައްކައްކެރާކަން ފާހަނގަވެއި

އަލައް މިކަހަލެއި ކަމަކާއި ކުރިމަތި ލާކޯ ގޮންޖެހުންތައް ހިންނެހެއް. އެހީއަސް ބޭނުންވޭހެއް. ދުންމާރި ބޮނޑަބެރަ ގްރޫޕުގެ ކުރިއެރުމަކީ ހަމަ ޔަގީނުނަސް މުވައްސަސާތަކާއި ޢާންމުން ދޭ އެއްބާރަލުމާއި ތަރުޙީބު ފިޔަވައި ދެވަނަ އެއްތައް ނުން.

ދުންމާރި ބޮޑުބެރު ގްރޫޕްގެ ލީޑަރ ޒަޔާން އަދި މެނޭޖަރ ސަމާހު

އަދަ ކޮންމި ތާކި ކޮންމި ޙަފްލާއް ބޭވިއަސް ކޮންމި މުނާސަބާއް ފާހަނގަ ކެޑަސް ރަށައު އަރާ މެހުމާނުންނައް އިސްތިގުބާލަކެޑަސް ދުންމާރި ބޮނޑަބެރަ ގްރޫޕްގެ އެހީތެރިކަން ލިބިގެން އެއި. އައްޑޫއެ ފެޅޫވެމުންއޭ ގެސްޓްހައުސް ވިޔަފާރި ތަކާއި ފަތުރުވެރިކަމުގެ ދާއިރާށަސް މިފަދަ ގްރޫޕްތަކުގެ ބޭނުން ޖެހިފެއިވެއި. މިއާއި އެއްކޮއް ޒުވާން ކުދިބާކިން މިކަމި ވޭނޑުމުގެ ސަބަބުން އެކުދިން ފުރެއިގެ ގާއް ރައްޓެހިންނާއި ސްކޫލްކުދިންގެ ހިތެ ދިވެހި ސަގާފަތައް ލޯބި ޖެހި ދިވެހިންގެ ދިވެހި ވަންތަކަމުގެ ރޫޙު އިތިރި ވެގެންއޭނެ ކަމީ ޝައްކައު އޮއްކަމައް ނުން

އަފިރިން އެދެނީ ދުންމާރީގެ މާނައިނަސް ދޭހަވޭފަދައިން ދުންމާރި ގްރޫޕްގެ އަޑަ ގަދަވެ ޒަޔާންމެންގެ އެޙިދުމައް މެދެނިކެނޑި އައްޑޫއައް ލިބިލިބި ހިށުން

 

ރިޕޯޓްގެ ވީޑިއޯ ލިންކް:(މި ރިޕޯޓް ތައްޔާރަކޮއްފެއިވެނީ އައްޑޫ ބަހުރުވައިން)