English Edition
Dhivehi Edition

ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ޕްލޭއޮފްގައި އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ބާސެލޯނާ ވާދަކުރަން ޖެހިއްޖެއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 އިން 23 އަށް ކުރިޔަށް ދާ ނޮކްއައުޓް ޕްލޭއޮފް ބުރުގައި ޔުނައިޓެޑް އަދި ބާސާ ބައްދަލުކުރަން ޖެހުނުއިރު، ދެން ޕްލޭއޮފް ބުރުގައި ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު، އިޓަލީގެ ޔުވެންޓަސް ބައްދަލުކުރަން ޖެހުނީ ފްރާންސްގެ ނަންޓޭސްއާއެވެ.

ޔޫރޮޕާ ލީގު ނޮކްއައުޓް ބުރުގެ ޕްލޭއޮފް މެޗުތައް

ބާސެލޯނާ – މެންޗެސްޓާ ޔުނައިޓެޑާ

ޔުވެންޓަސް – ނަންޓޭސް

ސްޕޯޓިން ސީޕީ – މިޑްޖިލެންޑް

ޝަޚްތަރު ޑޮނެޓްސްކް – ރޭނިސް

އަޔަކްސް – ޔޫނިއަން ބާލިން

ބަޔާން ލެވަކޫސަން – މޮނާކޯ

ސެވިއްޔާ – ޕީއެސްވީ އައިންޑްހޯވެން

ރެޑްބުލް ސަލްޒްބާގް – ރޯމާ

ޕްލޭއޮފް ބުރުގެ މެޗުތައް ކުރިޔަށްދާނީ އަންނަ އަހަރު ފެބުރުއަރީ މަހުގެ 16 އިން އެމަހުގެ 23 އަށެވެ. މި މެޗުތަކުން ކުރި ލިބޭ ޓީމުތައް ގަދަ 16 ބުރަށް ދަތުރުކުރާއި، ގަދަ 16 ވަނަ ބުރުގެ ގުރުނެގުން އޮންނާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ.